ދ އަތޮޅު ރައްޔިތުންނަށް ބޮޑު އުފަލެއް، މިހާރު ކޮންމެ ދުވަހަކު އުއްދޫއަށް ދަތުރު ދެވޭނެ

ހަފުތާގެ ކޮންމެ ދުވަހަކުވެސް ދ. އަތޮޅު އުއްދޫއަށް މިހާރު ދަތުރުދެވޭނެ ކަމަށް މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން ހާމަކޮށްފަ އެވެ.
ނިލަންދެއަތޮޅު ދެކުނުބުރީ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި އެ އަތޮޅު އުއްދޫ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވީ، އެ އަތޮޅަށް އެ މަނިކުފާނު އެންމެ ފަހުން ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ އަތޮޅު މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. 
Advertisement
އުއްދޫ ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖައްސާ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސްއާ ހަވާލުކުރުމާ ގުޅިގެން އެ ރަށް ވަނީ، މި ހިނގާ އެޕްރީލް މަހުގެ 15 ވަނަ ދުވަހު ހުޅުވާލައިފަ އެވެ. ހަފުތާ ބަންދު ދުވަސްތަކާއި، ސަރުކާރު ބަންދު ދުވަސްތަކުގައި  ޕިކްނިކް ދެވޭނެގޮތަށް އޭރު ހުޅުވާލިޔަސް، މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް އެ ރަށަށް ދަތުރުދެވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 
ދަތުރުދާ މީހުންނަށް ގިނަގުނަ ހިދުމަތްތަކެއް އެ ރަށުން ހަމަޖެހޭނެ ގޮތް ހަމަޖައްސަން މިނިސްޓްރީން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ