އީދު ދުވަހު ހަވީރު 4 އިން 6 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ!

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވަނީ އީދު ދުވަހު ހަވީރު 16:00 އިން 18:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް ނިންމަވާފައެވެ.
މިއީ ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އަޅުއްވާ ފިޔަވަޅެކެވެ. މީގެ އިތުރުން، ހަވީރު 16:00 އިން ރޭގަނޑު 23:30 އާއި ދެމެދު ގްރޭޓަރ މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުންވެސް ވަނީ މަނާކުރައްވާފައެވެ.
ނަމަވެސް، މި ގަޑިތަކުގައި ވަކި ބާވަތްތަކެއްގެ އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ އޮންނާނެއެވެ. މިގޮތުން:
• ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު• އެމްބިއުލެންސް• ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދު• ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްސަކުރެވިފައިވާ އުޅަނދު• ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް
މި ފިޔަވަޅުތައް އަޅުއްވާފައިވަނީ އީދު ދުވަހު މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށާއި، އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު އުޅެވޭނެ މާހައުލެއް ޤާއިމްކުރެއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ