ސާވިސް ޗާޖަކީ ހަކަށް ދޭން ހަވާލުކުރާ އަމާނާތެއް އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާ ހަވާލުވި މީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ގާނޫނީ ވާޖިބެއް ކަމަށެވެ.
ޑޮލަރުން ސާވިސް ޗާޖު ނެގުމަށްފަހު ބައެއް ރިސޯޓްތަކުން ރުފިޔާއިން ސާވިސް ޗާޖު ދޭން ނިންމުމަކީ ހީލަތްތެރި އަމަލެއްގެ ގޮތުގައި ޓޫރިޒަމް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ބޭންކިން ނިޒާމަށް ޑޮލަރު މާރު ކުރަން މަރުކަޒީ ބޭންކުން ނިންމި ނިންމުމާ ގުޅިގެން ރާއްޖޭގެ އެންމެ ދުވަސްވީ ޓޫރިޒަމް ކުންފުނި ކަމަށްވާ ޔުނިވާސަލްގެ މުވައްޒަފުންނަށް ސާވިސް ޗާޖު ރުފިޔާއިން ދޭން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ރާއްޖޭގެ ޓީއެމްއޭ އިން ވެސް ރުފިޔާއިން ސާވިސް ޗާޖު ދޭން ނިންމާފަ އެވެ.
މި ނިންމުންތަކާ ބެހޭ ގޮތުން ގާސިމް އެކްސްގައި މިރޭ ލިޔުއްވާފައިވާ ގޮތުގައި ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް ރުފިޔާއިން ސާވިސް ޗާޖު ދޭން ނިންމާފައިވާ ކަމަށާއި މުވައްޒަފުން ނުރުހޭ ހާލުގައި އެކަން ކޮށްފި ނަމަ ވާނީ ހީލަތުގެ އަމަލެއްގެ ގޮތުގައި ގާސިމް ސިފަ ކުރެއްވި އެވެ.
ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް ވިދާޅުވީ ސާވިސް ޗާޖަކީ ހަކަށް ދޭން ހަވާލުކުރާ އަމާނާތެއް އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާ ހަވާލުވި މީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ގާނޫނީ ވާޖިބެއް ކަމަށެވެ.
ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް ވިދާޅުވި ގޮތުގައި ޑޮލަރު މާރު ކުރުމުގެ އުސޫލުގެ ސަބަބުން އޭނާއަށްވެސް ދަތިތަކާ ކުރިމަތިވާ ކަމަށާ އޭނާއަކީ ވެސް އެތައް ހާސް މުވައްޒަފުންނެއް ގެންގުޅޭ " އޭ ކެޓަގަރީގެ" ރިސޯޓުތަކެއް ހިންގަވާ ބޭފުޅެކެވެ. ނަމަވެސް ސާވިސް ޗާޖަކީ މުވައްޒަފުންގެ ބޮޑު ހައްގަކަށް ވެފައި ދިވެހި ރުފިޔާއިން އެ ދިނުމަކީ އެ މީހުންނަށް ދެވޭ މާ ބޮޑު ގެއްލުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަމާނުއްސުރެން ފެށިގެން ރާއްޖޭގައި އޮތް ޑޮލަރުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ގާނޫނެއްގެ ދަށުން ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކޮށް އެކަން އަންނަނީ އެމްއެމްއޭއިން ތަންފީޒުކުރަމުންނެވެ. އެ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރުމުގައި "އޭ ކެޓަގަރީ" ގައި ހިމެނޭ ރިސޯޓުތަކަށް އިހްތިޔާރުތަކެއް ލިބެ އެވެ. މިގޮތުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ %20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުމުގެ އިހްތިޔާރު އޮވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ރުފިޔާއިން ސާވިސް ބަހަން ނިންމި ރިސޯޓްތަކަށް ގާސިމް ފާޑު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ