ޢީދު ޗުއްޓީއަށް ފަހު 'ޓޭން' ވާތީ އުޅެންޖެހެނީ ކޮން ބައެއް؟
ބޮޑު ޢީދު ޗުއްޓީ ނިމި އެކި ރަށްރަށަށް ދަތުރު ދިޔަ މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ތަޖުރިބާކުރާނެ އެއް ކަމަކީ ސްކިން ޓޭންވުން ނުވަތަ ގިނައިރު އަވީގައި އަދި މޫދުގައި އުޅުމުގެ ސަބަބުން ގައިގެން ހަންގަނޑު އަނދައި ހަމުގެ ކުލައަށް އަންނަ ބަދަލެވެ. ސްކިން ޓޭންވުމުގެ މައްސަލަ އާއްމުކޮށް ދިމާވަނީ އިރުގެ އަލިން ލިބޭ އަލްޓްރާ ވައިލެޓްގެ ދޯދިތަކުގެ ސަބަބުން ހަމުގައި އިތުރު ކުލައެއް އުފެއްދުމަށް ލިބޭ ފުރުސަތާއެކުއެވެ. ރަނގަޅު ސަން ސްކްރީނެއް ބޭނުންނުކޮށް ހުއްޓާ ޚާއްސަކޮށް ގައިގެ ހަމަށް މިގޮތަށް އަންނަ ބަދަލު ނައްތާލުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ހަމުގެ ކުލަ އަލިކޮށްދިނުމަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. އިރުގެ އަވިން ރައްކާތެރިކަން ހޯދުމަށް އެކަމަށް އެކަށީގެންވާ ލޯޝަނެއް ނުވަތަ މޮއިސްޗަރައިޒާއެއް ބޭނުންކުރުމަކީ މިކަމުން ރައްކާތެރިކަން ހޯދުމަށް ކުރެވިދާނެ ކަމެއް--ފޮޓޯ/ފޮކްސްޓޭލް އެމެރިކާގެ ޔޭލްސްގައި ޖެނެރަލް މެޑިކަލް ޑާމެޓޮލޮޖީ ޕްރެކްޓިސް ކުރަމުން އަންނަ ޑރ. ސާރާ ޕާކިންސް ބުނެފައިވާ ގޮތުގައި މިކަމަށް އެއްވެސް ފަރުވާއެއް ނުކޮށް ހުރެއްޖެނަމަ ހަމުގެ ކުލަ ބަދަލުވެ އަލިވާން ދެ ތިން ހަފުތާވަރު ނަގާނެއެވެ. ހަށިގަނޑުން މަރުވެފައިވާ ހަމުގެ ސެލްތައް ބޭރުކޮށް އޭގެ ބަދަލުގައި އާ ސެލްތަކެއް އުފައްދަނީ ސްކިން ޓޭންގެ ހަންތައް އެއްކޮށް ގޮސް ފަނޑުވުމުން ކަމަށް ޑރ. ސާރާ ޕާކިންސް ވަނީ ބުނެފައެވެ. ސްކިން ޓޭން ވެފައިވާނަމަ އެކަމަށް ހައްލެއް ހޯދުމުގެ ކުރިން ތިމާގެ ހަމުގެ ނާޒުކު ކަމާއި ހަށިގަނޑާ ގުޅޭ އުފެއްދުންތައް ޚިޔާރު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޑރ. ސާރާ ޕާކިންސް ވަނީ އިރުޝާދު ދީފައެވެ. އާއްމުކޮށް ބާޒާރުން ލިބެން ހުންނަ އުފެއްދުންތަކަކީ އޭގައި ސައިޑް އެފެކްޓްސް ހުންނަ މިންވަރު މަދު އުފެއްދުންތަކަށްވީ ނަމަވެސް ހަމުގެ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން އުފެއްދުންތައް ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ޑރ. ސާރާ ވަނީ ބުނެފައެވެ. ގިނަ ވަގުތު އަވީގައި އުޅުމުގެ ސަބަބުން ގައިގެ ހަން އަދާ އެކަމުން ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ކުރުވާ--ފޮޓޯ/ފޭސްބުކް ގޭގައި މިކަމަށް ދެވިދާނެ ފަރުވާތަކަށް ބަލާއިރު މަރުވެފައިވާ ހަމުގެ ސެލްތައް ނައްތާލުމަށް ހަމާ ގުޅޭ ރަނގަޅު ސްކްރަބްއެއް ބޭނުންކޮށް ފަރުވާތެރިކަމާ އެކު ހަންގަނޑު އުނގުޅާލުން ހިމެނެއެވެ. ބައެއް މީހުން މިކަމުގައި ކެމިކަލް އަދި މެކޭނިކަލް އުކުޅުތައް ބޭނުންކުރެއެވެ. ކެމިކަލް ޓެކްނިކްސް ބޭނުންކުރާ މީހުން އާއްމުކޮށް ބޭނުންކުރަނީ އަލްފާ އަދި ބެޓާ ހައިޑްރޮކްސީ އެސިޑްސްއެވެ. މެކޭނިކަލް ޓެކްނިކްސްގެ ދަށުން އާއްމުކޮށް ގިނަ ބަޔަކު ބޭނުންކުރަނީ ކޮލިޓީ ރަނގަޅު ބުރުހެއް ނުވަތަ އެކަމަށް އެކަށީގެންވާ ސްޕޮންޖެކެވެ. މިގޮތަށް ގައިގެ ހަންގަނޑު އުނގުޅާލުމަށް ފަހު ހަންގަނޑު ކުރަކިވުމުން ދުރުކޮށްދިނުމަށް ރަނގަޅު މޮއިސްޗަރައިޒާއެއް ބޭނުންކުރުމަށް އަބަދު ވެސް ފަރުވާތެރިވާންވާނެއެވެ. ހަށިގަނޑުގެ މާ ބޮޑަށް އަނދާފައި ހުންނަ ތަންތައް ފިލުވުމަށް އެކި ވައްތަރުގެ ލޯޝަން ނުވަތަ ކްރީމްފަދަ އުފެއްދުންތައް ގަންނައިރު އޭގައި، އެޒެލިކް އެސިޑް، ގްލައިސޮލިކް އެސިޑް، ރެޓިނޮއިޑްސް، ވިޓަމިން ސީ، އަދި ކޮޖިކް އެސިޑްގެ ބާވަތްތައް ހުރިތޯ ބެލުމަށް ޑރ. ސާރާ ޕާކިންސް އިރުޝާދު ދީފައިވެއެވެ. އަނދާފައިވާ ހަމަށް ފަރުވާ ދިނުމަށް ބޭނުންކުރުމަށް ފަހު އެންމެ ރަނގަޅު ގޮތަކީ ރަނގަޅަށް ސައިބޯނި ލައިގެން ރީތިކޮށް ފެންވަރާލުން ކަމަށް ޑރ. ސާރާ ވަނީ ބުނެފައެވެ. ސްކިން ޓޭންވެފައިވުމުން އެކަމަށް ގޭގައި ފަރުވާ ހޯދާއިރު ލުނބޯ ހުތް އަދި ސްކިން ބްލީޗް ކުރަން ބޭނުންކުރާ އުފެއްދުންތައް ބޭނުންކުރުމަކީ އެހާ ރައްކާތެރިގޮތެއް ނޫން ކަމަށް ޑރ. ސާރާ ޕާކިންސް ވަނީ ބުނެފައެވެ. ހާއްސަކޮށް ދިޔާކޮށް ހުންނަ ބްލީޗް ހަމުގައި އުނގުޅުމުގެ ސަބަބުން ހަށިގަނޑުގެ ހަންތައް އިތުރަށް އަނދާ ހަލާކުވުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ.ސާރާ ވަނީ ފާހަގަކޮށްފައެވެ. އިރުގެ އަލީގައި ވަގުތު ހޭދަކުރުމަކީ ހަށިގަނޑަށް އެކަމުން ސިއްހީ ފައިދާތަކެއް ލިބޭ ކަމެއް ނަމަވެސް، ހަމުގެ ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކުރުމަށް އަވަހަށް އުމުރުން ދުވަސްވުން ލަސް ކުރުމަށް ސިއްހީ ގޮތުން ރަނގަޅު އިރުން ރައްކާތެރިކަން ލިބޭނެ ކްރީމެއް ބޭނުންކުރުމަށް އާދަކުރަން ޑރ.ސާރާ ވަނީ އިރުޝާދު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ