ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ދެއްވި ރަސްމީ ޖާފަތުގައި އެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި އެވެ.
މި ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުއިއްޒުވަނީ މި ދަތުރުފުޅުގައި ސްރީލަންކާ ސަރުކާރާއި ރައްޔިތުން ވިދާޅުވި ހޫނު މަރުހަބާއާއި، މެހެމާންދާރީއަށް ޝުކުރުއަދާކުރައްވާފަ އެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ސްރީލަންކާއަކީ ރާއްޖެއާ ވަރަށް ގާތް، އިތުބާރުހުރި އަވަށްޓެރި ޤައުމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އެކުވެރިކަމަކީ ތައުލީމީ އަދި ސިއްހީ ދާއިރާގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ދިގު ތާރީހެއް އޮތް ގުޅުމެއްކަން ފާހަގަކުރެއްވި އެވެ.
މި ދަތުރުފުޅަކީ ދެ ޤައުމުގެ ބަދަހި ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއްކަމަށާއި ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ޑިޖިޓަލް ޓްރާންސްފޯމޭޝަން، ދެމެހެއްޓެނިވި ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ، ތަޢުލީމު، އަދި ކަނޑުތައް ހިމާޔަތްކުރުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ދިވެހީންގެ ހިތްތަކުގައި ސްރީލަންކާގެ ރައްޔިތުންނަށް އޮތް ޤަދަރާއި އިޙްތިރާމަކީ ދެ ޤައުމުގެ ސިޔާސީ ގުޅުމުގެ ހަޤީޤީ ބާރުކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއާއި ސްރީލަންކާގެ އެކުވެރިކަން އިތުރަށް ވަރުގަދަވެގެންދާނެކަމުގެ ޔަޤީންކަން ރައީސް މުއިއްޒު އެރުއްވި އެވެ.
ލަންކާއަކީ އިތުބާރު ހުރި އަވަށްޓެރި ގައުމެއް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ