އެފްއޭއެމް އިން މިހާރު ކުރިއަށްގެންދާ ރީޖަން ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް ދޭ ދަތުރުފަތުރު ކުރުމުގެ ހަރަދަށް އިތުރު 30،000 ރުފިޔާ ދޭން ނިންމުމާ އެކު، ޖުމްލަ އެކު، ހުރިހާ ޓީމަކަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދޭ ފައިސާގެ އަދަދު 1.4 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.
އެޓޯލް ޗެމްޕިއަންޝިޕަށް ފީފާ އިން 266،000 ޑޮލަރު (4.1 މިލިއަން ރުފިޔާ)ގެ އެހީއެއް ދޭ ގޮތަށް ހަމަޖެއްސީ، މިދިޔަ އޮކްޓޫބަރު މަހު ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ރާއްޖެ އަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.
އެފްއޭއެމް އިން އެޓޯލް ޗެމްޕިއަންޝިޕްގެ ފޯމެޓް ރާވާފައިވާ ގޮތަކީ ފީފާ ފޯވާޑްގެ ރުހުން ލިބިފައިވާ އޮނިގަނޑެކެވެ. އެ ފޯމެޓަށް މުބާރާތް ފަށައި، މިހާރު ކުރިއަށްދަނީ ރީޖަން ލީގުގެ މެޗުތަކެވެ.
އަންނަ މަހު އެއް ވަނަ ދުވަހު ފަށާ އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕަށް ފީފާ އިން 266،000 ޑޮލަރު (4.1 މިލިއަން ރުފިޔާ)ގެ އެހީއެއް ދޭން ނިންމާފައިވާ ކަމަށް ފީފާ އިން ވަނީ ބުނެފައި.
ރީޖަން ލީގުގައި ކުޅޭ 12 ޓީމަށް ފީފާ އިން ދޭ ފައިސާ އިން އެފްއޭއެމް އިން ފުރަތަމަ ދޭން ނިންމީ ޓީމަކަށް، 90،000 ރުފިޔާގެ މަގުންނެވެ. އޭގެ އަށް، އިތުރު 30،000 ރުފިޔާ އިތުރު ކުރަން އެފްއޭއެމްގެ ހިންގާ ކޮމިޓީން މިއަދު ނިންމީ، ދަތުރުފަތުރުގެ ހަރަދު ބޮޑުވުމާ އެކު، އެހީތެރިކަމެއް ދިނުމުގެ ގޮތުންނެވެ. އެއާ އެކު، ކޮންމެ ޓީމަކަށް، ލިބޭ ފައިސާގެ ޖުމްލަ އަދަދު، 1،20،000 ރުފިޔާ އަށް ވަނީ އަރައިފަ އެވެ. އެހެން ކަމުން، ތިން ރީޖަންގައި ކުޅޭ ޖުމްލަ 12 ޓީމަށް މާލީ އެހީގެ ގޮތުގައި ފީފާ އިން ކުރާ ހޭދަ 1.4 މިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ.
މާލެ ރީޖަން ލީގަކީ، މިހާރު ކުރިއަށްދާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތެވެ.
ރީޖަން ލީގުގެ މެޗުތައް ކުޅެނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. ކޮންމެ ރީޖަން ލީގެއްގެ ޗެމްޕިއަން ޓީމަށް ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުން ޖާގަ ލިބޭނެ އެވެ.
ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ކުޅޭނީ ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން، ސައުތު ރީޖަން ލީގުގެ ޗެމްޕިއަންގެ އިތުރުން ދެ ވަނަ ޑިިވިޝަން (މާލެ ރީޖަން)ގެ ޗެމްޕިއަންގެ އިތުރުން، ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ އަށް ދިޔަ، ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.
ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގެ ގަދަ ހަތަރު ޓީމަށް، ދިވެހި ޕްރިމިއާ ލީގު 26/27 ސީޒަނުން ޖާގަ ލިބޭނެ އެވެ.
އިތުރު 30،000 އާ އެކު، އެފްއޭއެމް އިން ރީޖަން ލީގު ޓީމުތަކަށް 1.4 މިލިއަން ރުފިޔާ ދޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ