ރައީސް ޔާމީން މިނިވަންވާނެ ކަމަށް ބުނަނީ ޤާނޫނީ ހަމަތަކުގެ ތެރެއިން އެ ފުރުސަތު އޮތުމުން: އާދަމް ޝަރީފު

އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް މިނިވަން ވާނެ ކަމަށް އިދިކޮޅުން ބުނަނީ، ޤާނޫނުގެ ތެރެއިން އެ ފުރުސަތު އޮތުމުން ކަމަށާއި، އެއީ ހަމައެކަނި ސަޕޯޓަރުންގެ މާޔޫސްކަން ފިލުވައިލަން ދައްކާ ވާހަކައެއް ނޫން ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓު ވެސް ދީފައި ވަނިކޮށް، ރައީސް ޔާމީނަށް 11 އަހަރުގައި ޖަލު ޙުކުމެއް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ރައީސް ޔާމީނަށް އިއްވި ޙުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފައިވާއިރު، އަދިވެސް އަޑު އެހުންތައް ފަށާފައި ނުވުމަކީ އިދިކޮޅުން ކަންބޮޑުވާ ކަމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު "ދެން"އަށް ވިދާޅުވީ، ރައީސް ޔާމީން މިނިވަންވާނެ ކަމަށް ބުނަނީ، ޤާނޫނީ ހަމަތަކުން، އެ ފުރުސަތު އޮތް ކަމަށް ޤަބޫލު ކުރެވޭތީ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ހާލަތަކަށް އިދިކޮޅުން ނުވިސްނާ ކަމަށާއި، އެ މަނިކުފާނު ނޫން އެހެން ކެންޑިޑޭޓެއް ނެތް ކަމަށެވެ. އަދި ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ