ރާއްޖެ އާއި މޮރީޝަސްއާ ދެމެދު ފުށުއަރާ އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމިއިރު ދިވެހި ކަނޑުގެ ބައެއް ގެއްލިފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އަދިވެސް ސަރުކާރާ ދެކޮޅު ޕާޓީތަކުން ބާއްވަން ނިންމާފައިވާ ހަރަކާތުގެ ސަބަބުން ނިކުންނާނެ ހެޔޮ ނަތީޖާއެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެ މައްސަލާގައި ގާސިމް ވަނީ އެ އެއްވުމުގައި ޖޭޕީގެ މެންބަރުން ބައިވެރިނުވާނެ އެދިވަޑައިގެންފައެވެ.
އެކަމާއި ގުޅިގެން މިއަދު މެންދުރު ގާސިމް ވީޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޗާގޯސް މައްސަލާގައި ސަރުކާރުން އަމަލު ކޮށްފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އެހެންނަމަވެސް އެ އެއްވުމުގައި ބައިވެރި ނުވާން ޖޭޕީން ނިންމީ އެ އެއްވުމުގައި ބައިވެރިވެގެން، ފިތުނަ ފަސާދަ އުފެއްދުން ފިޔަވާ އިތުރު އެހެން ކަމެއް ނުނިކުންނާނެ ކަމަށެވެ.
އަދި އިތުރަށް ގާސިމް ވިދާޅުވީ އިޓްލޮސްގެ ނިންމުމަށް މިތާ އެއްވުމެއް ބާއްވައިގެން ކޮންމެ ވާހަކައެއް، ކޮންމެ ކަމެއް ކުރިޔަސް ނިކުންނާނެ ނަތީޖާއެއް ނެތް ކަމަށެވެ.
މޮރީޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިޓީފުޅެއް ފޮނުއްވީ މަޖިލީހުގެ ރުހުން ނެތި ކަމަށާއި އެހެންނަމަވެސް މިރޭ އެއްވުމެއް ބާއްވައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަގާމުން ވަކި ނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އެކަން ކުރެވޭނީ ގާނޫނުއަސާސީގައި އޮންނަ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ގާސިމް ވިދާޅުވިއެވެ.
މިއަދުވެސް ގާސިމް ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2015ވަނަ އަހަރުގެ މެއި މަހުގެ 1ވަނަ ދުވަހު ކުރިޔަށް ގެންދިޔަ “މޭޑޭ” މުޒާހަރާއާ ގުޅޭ ގޮތުން ވާހަކަދައްކަވައިފައެވެ. އެފަހަރު ވެސް އެ މުޒާހަރާގައި ބައިވެރި ނުވާން ޖޭޕީން ނިންމި ކަމަށާއި އެ އެއްވުމުން ނިކުތީ އެންމެ އެދެވޭ ނަތީޖާއެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިރޭގެ އެއްވުމުގައި ބައިވެރިވާ އިސް ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ބޭފުޅުން ކަމަށެވެ. އަދި އެފަރާތްތައް ބޭނުން ވާނީ ރިޔާސީ އިންތިހާބުގައި ގާސިމަށް ވާދަ ނުކުރެވޭނެ ގޮތް ހެދުމަށް ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ބާއްވާ ބައްދަލުވުންތަކުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސް އުފައްދަވަމުން އަންނަ ދަ ޑިމޮކްރެޓްސް ޕާޓީ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނާއިބު ޑރ. މުނައްވަރާއި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝުކޫރު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
ފޯޅަވަހި ކޯލިޝަނުން ބާއްވާ އެއްވުމުން ނިކުންނާނެ ހެޔޮ ނަތީޖާއެއް ނެތް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ