ދަރަނި ރީސްޓްރަކްޗާކޮށްފި ނަމަ ފައިސާ ހޯދަން ދަތިވާނެ: އަމީރު

ދައުލަތުގެ ދަރަނި ރީސްޓްރަކްޗާކޮށްފި ނަމަ، ދައުލަތަށާއި ވިޔަފާރިތަކަށް ބޭރު ގައުމުތަކުން ފައިސާ ހޯދަން ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ދަރަނި ބެލެހެއްޓުމާ ގުޅޭ ގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި އަމީރު ވިދާޅުވީ، ދަރަނި ރީސްޓްރަކްޗާ ކުރުމަކީ ބޭރުގެ ރޭޓިން އޭޖެންސީތަކުން ސަރުކާރުން "ސެލެކްޓިވް ޑިފޯލްޓް ރޭޓިން" އަށް ދަރަޖަ ދަށްކުރާނެ ކަމެއް ކަމަށެވެ.
އޭގެ ނަތީޖާއަކަށް ވާނީ ދައުލަތަށާއި ވިޔަފާރިތަކަށް ބޭރުން ފައިސާ ހޯދަން ދަތިވެގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންކަމުން ދައުލަތުގެ ދަރަނި ހަމަމަގަށް އެޅުވުމަށް އެންމެ ރަނގަޅު މަގަކީ ހަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރުމެވެ." އަމީރު ވިދާޅުވިއެވެ.
އަމީރު ފޮނުއްވި ޖަވާބާ އެކު ވަނީ ތަފާސްހިސާބުތަކެއް ވެސް ހިއްސާކުރައްވައިފައެވެ. އެގޮތުން:
ރާއްޖޭގެ ދަރަނި ރީސްޓްރަކްޗާކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން އެ ވާހަކަ ދައްކަވާފައިވެއެވެ. ނަމަވެސް، ރާއްޖޭގެ ދަރަނި ރީސްޓްރަކްޗާކުރަން ޖެހޭ ހާލަތެއް ނެތް ކަމަށާއި، ދަރަނި ރީސްޓްރަކްޗާކުރަން މަސައްކަތްކޮށްފި ނަމަ، ރާއްޖޭގެ އިގްތިސޯދު ހަލާކުވެގެން ދާނެ ކަމަށް އަމީރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ