އިންތިޚާބު ކާމިޔާބު ކުރުމަށް ގާސިމް އާއި ބައިވެރިވުމަށް ގޮވާލައިފި

2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި ބައިވެރިވުމަށް، ރައްޔިތުންގެ ކިބައިން ޤާސިމް އެދިވަޑައިގެންފިއެވެ.
ޤާސިމް އިބްރާހިމް މިފަދައިން އެދިވަޑައިގަތީ އދ. މާމިގިލިން މިއަދު ‪ޖުމްހޫރީޕާޓީއާ އަލަށް ގުޅުނު 100 އަށްވުރެ ގިނަ މެމްބަރުންގެ ފޯމުތަކުގެ ތެރެއިން 72 މެމްބަރުންގެ ފޯމާ
ހަވާލުވެވަޑައިގަންނަވާ މަންޒަރު ހިއްސާކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
މިކަމާ ގުޅިގެން ޖޭޕީގެ ފަރާތުން ބުނެފައި ވަނީ ޖޭޕީއާ އަލަށް ގުޅޭ މެމްބަރުންގެ އަދަދު ގިނަވެފައިވާ ކަމަށާއި ޕާޓީއާ އަލަށް ގުޅެމުންދާ މެމްބަރުންގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުންނާއި ފަންނުވެރިންގެ އިތުރުން އަންހެނުން ހިމެނޭ ކަމަށެވެ.
ގާސިމް މީގެ ކުރިންވެސް ވަނީ ރިޔާސީ ރޭހަށް ނުކުމެވަޑައިގެންނެވި ނަމަވެސް ކޮންމެ ފަހަރަކުވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންފައި ވަނީ ނާކާމިޔާބީއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ