ގާސިމް އިބްރާހިމް އިންޑިއާގެ ސަފީރާ ބައްދަލުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންވަނާ ސަފީރު މުނޫ މަހާވަރު އާ ބައްދަލު ކުރައްވައިފިއެވެ.
ގާސިމް އިބްރާހިމް މުނޫ އާ ބައްދަލު ކުރެއްވީ ކީއްވެގެން ކަން ސާފެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި މި ބައްދަލު ކުރެއްވުމަކީ ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ބޭއްވެވި ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.
މުނޫ މަހާވަރު ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް އިހްތިރާމުގެ ޒިޔާރާތެއް ކުރައްވައިފައެވެ.
އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ ކަމުގެ ތުހުމަތު އަބަދުވެސް ކުރެވެއެވެ. އެގޮތުން ޖުޑީޝަރީއާއި ރާއްޖޭގައި ބާއްވާ އިންތިޚާބު ތަކުގައި އިންޑިއާ ބޭނުންވާ ނަތީޖާ ނެރުމަށްޓަކައި ފައިސާގެ ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ