މި މަހުގެ 11: ކަރަންޓު ބޭނުންކުރުމުގެ ރެކޯޑް ދުވަހެއް!

މާލެ ސަރަހައްދުގައި މިހާތަނަށް އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މި މަހުގެ 11 ވަނަ ދުވަހު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.
ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މި މަހުގެ 11 (ބުރާސްފަތި ދުވަސް) ވަނަ ދުވަހު ކަރަންޓު ބޭނުންކުރި ވަރު 92.5 މެގަވޮޓަށް ވުރެ މަތި ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، ކުރިއަށް އޮތް ދެ ހަފުތާ އަށް ބަލާއިރު، އެ އަދަދު މަތިވުމުގެ ފުރުސަތު ބޮޑެވެ.
މިއީ ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް އަންނަ އެންމެ ހޫނު ދުވަސްވަރު ކަމަށް ވާއިރު، ޝަރީފު އެދިވަޑައިގަތީ ކަރަންޓު ބޭނުންކުރުމުގައި އިގްތިސާދު ކުރުމަށެވެ.
މި މަހުގެ 11 ގައި މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި ގޮތުގެ ތަފުސީލް
"ސްޓެލްކޯގައި 120 މެގަވޮޓް އުފެއްދުމުގެ ގާބިލުކަން ހުރި ނަމަވެސް ކަރަންޓު އިގްތިސާދު ކުރައްވާ،" އޭނާ ވިދާޅުވި އެވެ.
މިއީ ރާއްޖެ އަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށް ވުމުން ރައްކާތެރިވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން ވަނީ އިއްޔެ އިލްތިމާސް ކޮށްފަ އެވެ.
Hoonu gadha dhuvas vareh, rakkaatherivumah ilthimaaskohffi
The most trusted news source in the Maldives
Mihaaru
އެ އިދާރާ އިން ބުނީ، މާލެ ސަރަހައްދަށް 39.3 ޑިގްރީ ސެލްސިއަސް އަށް ހޫނުމިން އިހުސާސް ކުރެވޭނެ ކަމަށެވެ. ކައްދު އާއި ހަނިމާދު އަށް 40.4 ޑިގްރީ ސެލްސިއަސް އަށް ހޫނުމިން އިހުސާސް ކުރެވޭ ކަމަށް މެޓުން އާންމުކުރި މައުލޫމާތުތަކުގައި ވެ އެވެ.
އެ އިދާރާ އިން ބުނިގޮތުގައި ކޮންމެ ދުވަހަކު ވެސް އެންމެ ހޫނު ގަދަ ވަނީ މެންދުރު ފަހު 2:00 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ