ކުންފުންޏެއްގެ ފައިސާ ފޭރުނު އިތުރު ބަޔަކު ހައްޔަރަށް

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނަގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި އިތިރު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
އެ ތިން މީހުންނަކީ އައްޑޫ ހުޅުދޫ، ނާދީ، މުނާޛު ޖައުފަރު، 24، އާއި އައްޑޫ ހިތަދޫ، ހާލަމް، ޙަސަން ވިއާމް، 19، ގެ އިތުރުން ގދ. ގައްދޫ، އަތިރީއައްސޭރި، މުޙައްމަދު ނާއިޝް ނަބީލް، 24، އެވެ.
ފުލުހުން ބުނީ މި ތިން މީހުންނަކީ މި މައްސަލައާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން އިއްޔެ ކަމަށެވެ. އެ އޮޕަރޭޝަންގައި ފުލުހުންގެ ގޭންގު ކްރައިމާއި ތިނަދޫ ސިޓީ ޕޮލިސް ސިޓީ ހިތަދޫ ޕޮލިސް ބައިވެރިވި އެވެ..
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުނާޒްގެ ބަންދަށް 15 ދުވަސް، ނާއިޝްގެ ބަންދަށް 7 ދުވަސް އަދި ވިއާމްގެ ބަންދަޑް 10 ދުވަސް ޖަހާގައިވެ އެވެ.
މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ކުރިން ހައްޔަރުކުރި 10 މީހުންގެ ތެރޭގައި ހިމެނޜ ގއ. ކަނޑުހުޅުދޫ، ފޫހިވާގެ، މުޙައްމަދު ޢަލީ، 42، ގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން އޭނަގެ ބަންދަށް އިތުރު 30 ދުވަސް ޖަހާފައިވެ އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެހެން މީހުންނަކީ:
* ލ. އިސްދޫ، ގުޑްލައިފް، މުޙައްމަދު ޙަސަން، 59،
* އައްޑޫ ހިތަދޫ، އުދަ، އަލީ ޢިރުފާނު އަޙްމަދުދީދީ، 26،
* އައްޑޫ ހިތަދޫ، ނަންރީތިގެ، ޢަލީ ޝިރާޒު، 38،
* ހދ. ވައިކަރަދޫ، ޕެރިމްރޯޒް، ޢަބްދުﷲ ނާފިޒް، 39
* މ. މާލޭގެއާގެ، މާލެ، މުޙައްމަދު ނުހާދު ޢަލީ، 30،
* ހއ. ކެލާ، ޕެނަމާ، މުޙައްމަދު ސިމާދު، 38،
* ގދ. ފިޔޯރީ، ހީނާމާގެ، އަލީ އިމްރާން، 38،
* ތިނަދޫ ސިޓީ، ގުލްބަކާގެ، ޢަބްދުﷲ އިސްރާޤް، 19
* ކ. ހިންމަފުށި، މެޑޯޒް، މުޙައްމަދު އިބްރާހީމް، 49،
މި މީހުން ވަނީ ކުންފުނީގެ އެކައުންޓުން 279،600 އަށް ވުރެ ގިނަ ފައިސާ ފޭރިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ