ވ. ފެލިދޫ ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އެ ހާދިސާގައި ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުންގެ އިދާރާއިން ބުނީ ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން މިހާރު ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.
މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި ޖުމުލަ ފަސް މީހުން ތިބި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންގެ އޮފީހުން ބުންޏެވެ. އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ސަލާމަތް ކުރެވިފައެވެ. ސަލާމަތްވި ތިން މީހުންނަށް ވ. އަތޮޅު ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.
ބަންޑުން ޖަހާލި ލޯންޗަކީ ކޮން ތަނަކުން ކޮން ތަނަކަށް ދަތުރުކުރި އުޅަނދެއް ކަން އަދި ސާފެއް ނުވެއެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅީފަޅު ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި 12 މީހަކު ކަނޑުވެއްޖެ 44 މީހުންނާއި 4 ކުއްޖަކު ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި ކުޑަހުވަދޫ ކައިރިން ދަތުރުކުރި ދޯންޏެއްގައި ރޯވެއްޖެ މޫދުން ފެނުނީ ރަސްފަންނާ ދިމާއިން މޫދަށް ފުންމާލި މީހެއްގެ ހަށިގަނޑު މަގުބޫލ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ