ވ. ފެލިދޫ ކައިރިން ލޯންޗެއް ބަންޑުންޖަހާލައި ދެ މީހުން ގެއްލިއްޖެ
ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލައި، ކަނޑަށް ވެއްޓުނު މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.ދިވެހި ފުލުހުން ވިދާޅުވީ، މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ 01:15 އެހައިކަންހާއިރުކަމަށެވެ.މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި 7 މީހުން ދަތުރުކުރަމުން ދިޔަކަމަށް ފުލުހުން ވިދާޅުވެ އެވެ. އަދި މި ހާދިސާގައި އަނިޔާވި 3 މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. މި ޙާދިސާގައި ގެއްލިގެން ހޯދަމުންދާ 2 މީހުންނަކީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުންކަމަށް ފުލުހުން ވަނީ ހާމަކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ