ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ 'ދިރާގު އީދުސައި' އަދި ދިރާގު 'އީދު ހަދިޔާ'އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
ތަފްސީލް - ދިރާގު އީދު ސައިގެ ނަމުގައި ބޭއްވި ހެނދުނުގެ ނާސްތާ ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މާލޭގެ ސަލްމާން މިސްކިތް ސަރަހައްދު އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ. ގިނަ އަދަދެއްގެ މީހުން ވަނީ މާލެ އަދި ހުޅުމާލެއިން މި އިވެންޓްގައި ބައިވެރިވެފަ އެވެ.
މީގެ އިތުރުން، އެހެން އަހަރުތަކާ ވެސް އެއްފަދައިން ދިރާގުން ވަނީ އީދު ނަމާދަށް ފަހު ކުޑަކުދިންނަށް އީދު ހަދިޔާ ބަހާފަ އެވެ.
މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ 7 އަތޮޅެއްގައި ވެސް ދިރާގުން ވަނީ މި ހަރަކާތް ކުރިއަށް ގެންގޮސްފަ އެވެ. އެއީ، ކުޅުދުއްފުށި، އައްޑޫ، ފުވައްމުލައް، ގދ. ތިނަދޫ، ލ. ގަން، ބ. އޭދަފުށި އަދި އދ. ދަނގެއްޗެވެ.
ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ ތަފާތު ގިނަ އިޖްތިމާއީ ހަރަކާތްތައް އާންމުންނާއި ހަމައަށް ގެނެސްދީ،މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކާ އޮތް ގުޅުން ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ދިރާގު އީދު ސަޔާއި ހަދިޔާއަށް އާންމުންގެ ބޮޑު ތަރުހީބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ