ދިރާގު ކަސްޓަމަރުންނަށް ފިތުރު އީދުގެ މުނާސަބަތުގައި ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަދައިދީފި އެވެ.
ތަފްސީލް - މިއީ، ދިރާގު ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އާއިލާ އާއި އެހެނިހެން ގާތް ފަރާތްތަކާއި ގުޅުންބަދަހިކޮށް، އީދުގެ އުފާ ހިއްސާކުރުމަށްމަގުފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދީފައިވާ ހިދުމަތެކެވެ.
މި ދުވަސްވަރަކީ އުމްރާގެ އަޅުކަމަށް ގިނަ ފަރާތްތަކުން ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފައިވާ ދުވަސްވަރަކަށް ވާތީ، މި ހިދުމަތުގެ ދަށުން ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ލިބިގެންދާނެ އެވެ.
އެހެންކަމުން، #225*އަށް ޑައިލްކޮށްގެން މި ހިލޭ މިނިޓުތައް މިއަދު އެކްޓިވޭޓްކުރެވޭނެ އެވެ. އަދި އެކްޓިވޭޓްކުރުމަށް ފަހު 7 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ އެވެ.
ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ މި ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންގެއާއިލާ އާއި ލޯބިވާ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މި ފަދަ ހާއްސަ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.
ދިރާގުން ސައުދީއަށް ހިލޭ ގުޅަން މިއަދު ވަގުތު ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ