މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް މާލޭގައި 11 އެކްސިޑެންޓް ހިނގި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފެބްރުއަރީ 15، އިން 21، ގެ ނިޔަލަށް މާލޭގައި 41 އެކްސިޑެންޓު ހިނގި އެވެ. އޭގެ ތެރެއިން 11 އެކްސިޑެންޓު ހިނގީ ހޮނިހިރު ދުވަހު އެވެ.
އެކްސިޑެންޓުތަކުގައި ޖުމްލަ 38 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ. ނަމަވެސް ފުލުހުން ބުނީ ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށެވެ.
އެކްސިޑެންޓުތަކުގެ ތެރެއިން 36 އެކްސިޑެންޓެއްގައި މާލޭގެ މަގުތަކުގައި ހިނގިއިރު، ފަސް އެކްސިޑެންޓެއް ހިނގީ ސިނަމާލެ ބްރިޖު ނުވަތަ ހައިވޭގަ އެވެ. އޭގެ ތެރެއިން 80 ޕަސަންޓު އެކްސިޑެންޓު ހިނގާފައިވަނީ ދުވާލު ގަޑީގަ އެވެ.
އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލާއި ކާރު ޖެހިގެންނެވެ. އެއީ ޖުމްލަ ނުވަ އެކްސިޑެންޓެވެ. ސައިކަލާއި ސައިކަލު ޖެހިގެން އަށް އެކްސިޑެންޓެއް ހިނގާފައިވެ އެވެ. އޭގެއިތުރުން ސައިކަލާއި ޕިކަޕް ޖެހިގެން ފަސް އެކްސިޑެންޓް ހިނގި އެވެ.
މާލޭގެ މަގުތައް އަމާން ރައްކާތެރި މަގުތަކަށް ހެދުމަށް ފުލުހުން ދަނީ އެކި މަސައްކަތްތަކެއް ކުރަމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް މާލޭގައި 11 އެކްސިޑެންޓް ހިނގި މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް މާލޭގައި 11 އެކްސިޑެންޓް ހިނގި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ