ރަމަޟާން މަހު އުމްރާއަށް ދިޔަ އުމްރާވެރިން އެނބުރި އަންނަން ފަށައިފި
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ރަމަޟާން މަހު އުމްރާގެ އަޅުކަމަށް ފުރި މީހުން، އެނބުރި އަންނަން ފަށައިފިއެވެ. ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އުމްރާވެރިންގެ ފުރަތަމަ ފްލައިޓް މިއަދު ހެނދުނު 09:30 ހާއިރު ވަނީ މާލެ އައިސްފައެވެ. މިއަދު ދެ ފްލައިޓެއްގައި އުމްރާވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ފްލައިޓުގައި 58 އުމްރާވެރިން އަދި ދެވަނަ ފްލައިޓްގައި 60 އުމްރާވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ. މި ރަމަޟާން މަހު ދެ ގްރޫޕަކަށް ބަހާލައިގެން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މީހުން ވަނީ އުމްރާއަށް ގެންގޮސްފައެވެ. އެގޮތުން މުޅި ރަމަޟާން މަހު ޢުމްރާއަށް 230 މީހުންވަނީ މައްކާއަށް ގެންގޮސްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއިން އުމްރާވެރިން ގޮވައިގެން ފުރަން އޮތް ބައެއް ފްލައިޓްތައް ކެންސަލްވިއެވެ. އެގޮތުން ނުފުރުނު 164 އުމްރާވެރިންނަށް އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ހައްޖު ކޯޕަރޭޝަނުން ވަނީ އުމްރާގެ ފުރުސަތު ފަހިކޮށްދިނުމަށް އެހީތެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ