ރޯދަމަހާ ދިމާކޮށް މާލޭގައި ވަގުތީ މާރުކޭޓެއް

ކުރިއަށް އޮތް ރޯދަމަހަށް ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހާއްސަ ވަގުތީ މާރުކޭޓެއް ހެދުމުގެ މަސައްކަތް ފަށައި، ރަށްރަށުގެ ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމު ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.އެގްރިކަލްޗާ މިނިސްޓްރީން ބުނީ ރޯދަ މަހަށް ހާއްސަކޮށް ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ވިއްކުމަށް ވަގުތީ މާރުކޭޓެއް ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.މާލެ ނޯތު ހާބަރު ސަރަހައްދުގައި ތަރައްގީކުރާ މި މާރުކޭޓުގައި ތަކެތި ވިއްކަން އެދޭ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.މިމާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން، ރަށު ކައުންސިލްތައް މެދުވެރިކޮށް އެގްރިކަލްޗާ މިނިސްޓްރީއަށް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ. ރޯދަމަހަށް ހުޅުވާ، މި ވަގުތީ މާރުކޭޓު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ނަމާދު ވަގުތުތައް ފިޔަވައި، ހެނދުނު 8 އިން ރޭގަނޑު 11 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ