ތޫނު އެއްޗަކުން މާރާމާރީ ހިންގި މީހަކު 4 އަހަރަށް ޖަލަށްލައިފި

މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލައިގައި ކުށް ސާބިތުވެ ޖަލު ހުކުމެއް އައިސްފައިވަނީ: 
މުހައްމަދު ޝަފީގު، ޖަނބުރީޒްގަސްދޮށުގެ/ގދ. ގައްދޫ 
އޭނާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގައި
ތަފްސީލް - މި ހާދިސާ ހިނގާފައިވަނީ 14 ފެބުރުއަރީ 2023ގެ ހަވީރު 3:30 ހާއިރު އެވެ. އެގޮތުން، މާލޭ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ހިނގި މި މާރާމާރީގައި، ޝަފީގު ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފަ އެވެ.
ޝަރީއަތުގެ ކުރީކޮޅު ޝަފީގު ވަނީ ދައުވާއަށް އިންކާރުކޮށް، ހާދިސާ ހިނގި ވަގުތު އެތަނުގައި ނުހުންނާނެ ކަމަށް ބުނެ ދިފާއީ ހެކި ވެސް ހުށަހަޅާފަ އެވެ. ނަމަވެސް، މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމަށް ދިން ފުރުސަތުގައި އޭނާ ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މި މަހުގެ 10ގައި ކުރި ހުކުމުގައި ވަނީ:
ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ކުށް ޝަފީގުގެ މައްޗަށް ސާބިތުވާ ކަމަށް 
އޭނާ 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި ނަމަވެސް، މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ހުރި މުއްދަތު އުނިކުރުމުން، އޭނާ ދެން ތަންފީޒު ކުރަންޖެހޭނީ 4 އަހަރު ދުވަހުގެ ޖަލު އަދަބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ