އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ހޯލްސޭލް މެނޭޖަރުގެ ވައްކަމުގެ މައްސަލައެއް ފެންމަތިވެ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފި އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުންފުނިން ހުށަހެޅީ އެ މަގާމުގައި ހުރި ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ހަޝަން ޕްރަގީތުގެ މައްސަލައެކެވެ. މި މައްސަލަ ފެންމަތިވުމުން ސުވާލުކުރުމުން އޭނާ ވައްކަން ކުރި ކަމަށް އިއުތިރާފުވިކަން ވަނީ އެނގިފަ އެވެ.
އޭނާ ވައްކަން ކުރީ އެ ކުންފުނީގެ ހިސާބުތައް ބަލަހައްޓާ "އޫޑޫ ޕީއާރު" ސިސްޓަމް މެދުވެރިކޮށެވެ. އެގޮތުން، ހޯލްސޭލް އަގުތައް ކޯސްޓް އަގަށް ވުރެ ދަށަށް ބަދަލުކޮށްގެން މަކަރުވެރި ގޮތެއްގައި ހޯލްސޭލް އަގުތަކަށްވުރެ ހެޔޮ އަގެއްގައި ވިއްކައިގެން އޭނާ ވަނީ ފައިސާ ހޯދާފަ އެވެ.
އެ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރުމަށް ފޮނުވައިދިނުމަށް އެސްޖޭއިން ވަނީ އެދިފަ އެވެ.
އެސްޖޭގެ ހޯލްސޭލް މެނޭޖަރުގެ ވައްކަމުގެ މައްސަލައެއް ފުލުހަށް އެސްޖޭގެ ހޯލްސޭލް މެނޭޖަރުގެ ވައްކަމުގެ މައްސަލައެއް ފުލުހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ