އަންހެނަކު ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކުރި މީހާ ހައްޔަރުކޮށްފި ކޮޕް 30ގެ ހައި-ލެވެލް ސެގްމަންޓްގައި ރާއްޖޭގެ ގައުމީ ބަޔާން، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް އިއްވަވައިފި ރާއްޖޭގެ ހުރިހާ އިންޓަނޭޝަނަލް އެއާޕޯޓެއްގައި 2026 ވަނަ އަހަރު، އީ

ސިއްހީ ދާއިރާ ތަރައްގީވަމުން އަންނައިރު އެދާއިރާއަށް ބޭނުންވާ ބޭހާއި އަދި އެނޫންވެސް ވަސީލަތް ހޯދުމަށް ހާއްސަ ކުންފުންޏެއް ގާއިމުވެގެންދިޔުމަކީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހާއްސަ ކުންފުންޏެއް އުފައްދަވާފައެވެ. ބޭހާއި ސިއްހީ ދާއިރާއަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް އެތެރެކުރުމަށް އުފައްދަވާފައިވާ ކުންފުންޏާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ “ހަފްތާ 104” ޕްރޮގްރާމްގައި ނާޒިމް ވިދާޅުވީ އެއީ ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުމަށް މުހިންމުކަމެއްކަމަށެވެ. އެގޮތުން އަތޮޅުތަކާއި މާލޭގެ ހޮސްޕިޓަލްތަކުގެ ފެންވަރު އަހަރުން އަހަރަށް މަތިވަމުން އަންނައިރު އެތަންތަނަށް ބޭނުންވާ ބޭހާއި ވަސީލަތްތައް އިތުރުވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ހާއްސަ ކުންފުންޏެއް އުފެއްދުމާއެކު މިހާރަށްވުރެ ސަމާލުކަމެއް ދެވިގެން ބޭހާއި ކޮންސިއުމަބްލްސް ގެނެވޭނެ މަގުފަހިވާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މިއީ މުހިންމު ފިޔަވަޅެއްކަމަށެވެ. ކުންފުނި ކޮޅަށް ޖެހުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް މިހާރު ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ