ރިޒާ ޖޭއެސްސީން އިސްތިއުފާ ދެއްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އިސްތިއުފާ ދެއްވައިފި އެވެ.އެ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވިކަން ރިޒާ "މިހާރު" އަށް ކަށަވަރު ކޮށްދެއްވި ނަމަވެސް ސަބަބެއް ވިދާޅެއް ނުވި އެވެ.ޖޭއެސްސީން ރިޒާ އިސްތިއުފާ ދެއްވިއިރު، ކްރިމިނަލް ކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމަށް މިރޭ ސުޕްރީމް ކޯޓުގައި ބާއްވަން އުޅުނު ރަސްމިއްޔާތު ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.ރިޒާއަކީ ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ހުންނެވި މެންބަރެވެ. އެ ކޮމިޝަނުގެ ރައީސް ކަމަށް އޭނާ އިންހާބުކުރީ މިދިޔަ އަަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.ޖޭއެސްސީގެ ރައީސްގެ ހައިސިއްޔަތުން ރިޒާ ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މިފަހުން ވަރަށް ފާޅުގައި ވާހަކަ ދައްކަވައިފަ އެވެ.ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވި އިރު، އެ ކޮމިޝަންގެ ނައިބު ރައީސަކީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ކޮމިޝަންގައި އިންނަވާ މެންބަރު ޔަޒްމީދު މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ