ކާށިދޫ ފަޅުގައި ރިސޯޓެއް ހަދަން އަނެއްކާ ވެސް ސަރުކާރުން އިއުލާނުކޮށްފި ކާށިދޫ ފަޅުގައި ރިސޯޓެއް ހަދަން އަނެއްކާ ވެސް ސަރުކާރުން އިއުލާނުކޮށްފި

ކ. ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ޓުއަރިޒަމް މިނިސްޓްރީ އިން އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.
މީގެ ފަސް މަސްދުވަސް ކުރިން އޭޕްރީލް، 2025، ގައި ވެސް ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ސަރުކާރުން އިއުލާނު ކުރި އެވެ. އެ އިއުލާނާ އެއްގޮތަށް މަސައްކަތް ކުރިއަށްނުދިޔަ ސަބަބެއް ސަރުކާރުން ނުބުނެ އެވެ.
ސަރުކާރުން ބޭނުންވަނީ 10 ހެކްޓަރުގެ ތަނެއް ހިއްކައިގެން ރިސޯޓު ހަދާށެވެ. އެކަމަކު ރިސޯޓުގެ އިހުތިސާސަށް 115 ހެކްޓަރު ދޭން ސަރުކާރުން އެއްބަސްވެ އެވެ. ރިސޯޓުގައި މަދުވެގެން 100 އެނދު ހުރުމަކީ ސަރުކާރުގެ ވައުދެކެވެ.
ކާށިދޫ ފަޅުގައި ރިސޯޓެއް އަޅަން މީގެ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް މަސައްކަތް ކުރި އެވެ. އެތަނުގައި ރިސޯޓު އަޅަން ސޯލިހު ސަރުކާރުގައި ވެސް ބިޑަށް ހުޅުވައިލި އެވެ.
މައުމޫނުގެ ސަރުކާރުގައި ފަހުން ނިންމީ ކާށިދޫ ފަޅު ނޫން ތަނެއްގައި ރިސޯޓު އެޅުމަށެވެ. އެއީ ކާށިދޫ ފަޅު ހިއްކައިފި ނަމަ އިއާދަނުކުރެވޭނެ ގެއްލުންތަކެއް ތިމާވެއްޓަށް ލިބިދާނެތީ އެވެ. އެކަމަކު، ތިމާވެއްޓަށް އަސަރު ކުރާނެ މިންވަރުގެ ދިރާސާއެއް ހެދުމަށް ސޯލިހުގެ ވެރިކަމުގައި އަލުން މަސައްކަތް ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ