ކެރަމް ވޯލްޑް ކަޕުގައި ރާއްޖޭގެ 10 ކުޅުންތެރިން ވާދަކުރާނެ

ރާއްޖޭގައި ބާއްވާ ހަތްވަނަ ކެރަމް ވޯލްޑް ކަޕުގައި 10 ކުޅުންތެރިން ރާއްޖެ ތަމްސީލުކުރާނެ ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ. ގައުމީ ކެރަމް ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަން މެޗުތައް ނިމިފައިވާއިރު ގައުމީ ކެރަމް ސްކޮޑަށް ވަނީ އަންހެން ފަސް ކުޅުންތެރިންނާއި ފިރިހެން ފަސް ކުޅުންތެރިން ހޮވާފައެވެ. ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ސްކޮޑަށް ހޮވުނު އަންހެން ކުޅުންތެރިންނަކީ އައިޝަތު ނަހުފާ، ފާތިމަތު ރަޔާނާ، އައިޝަތު ފައިނާޒް، އައިމިނަތު ވިދާދުގެ އިތުރުން އައިމިނަތު ވިޝާމާއެވެ. ކެރަމް ވޯލްޑްކަޕްގައި ވާދަކުރާ ސްކޮޑަށް ހޮވުނު ފިރިހެން ކުޅުންތެރިންނަކީ އިބްރާހިމް ހުޖާން އަލީ، ހަސަން ނާޒިމް، އިސްމާއިލް އަޒްމީން، އާދަމް އަދީލް އަދި މުހައްމަދު މުންތަސިރެވެ. މާލޭގެ ބާސެލޯ ނަސަންދުރާގައި މި މުބާރާތް ކުރިއަށްދާނީ ޑިސެމްބަރު 2-6 ގެ ނިޔަލަށެވެ. މިދިޔަ އަހަރު ބޭއްވި ކެރަމް ވޯލްޑް ކަޕް އޮތީ އެމެރިކާގެ ކެލިފޯނިއާގައެވެ. އެ މުބާރާތުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. ފިރިހެން ޓީމުން ތިން ވަނަ ހޯދީ ސިންގަޕޫރު ބަލިކޮށްގެންނެވެ. ރާއްޖެއިން ތިން ވަނަ ހޯދީ އެމެރިކާ ބަލިކޮށްގެންނެވެ. ރާއްޖެއިން ވަނީ 2014 ވަނަ އަހަރުވެސް ކެރަމް ވޯލްޑްކަޕް ހޯސްޓުކޮށްފައެވެ. އެފަހަރު ރާއްޖޭގެ ރިސޯޓެއްގައި މުބާރާތް ބޭއްވިއިރު، އެ މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ