ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން، އެމްޕީއެލް އިން އެތެރޭ ތަހުގީގެއް ފަށައިފި މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. ރަސްގެތީމު ގެއެއް ބަލައިފާސްކޮށް 9 މީހުން ހައްޔަރުކޮށްފި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން

އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، އައްޑޫ މީދޫ ރަށު ކައުންސިލާ އަދި އައްޑޫ ހުޅުދޫ ރަށު ކައުންސިލް ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައަޅާފައިވާ ގޮތުން މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ “އައްޑޫ” އަކީ “އައްޑޫ ސިޓީ” ކަމުގައި ކަނޑައަޅައި، “އައްޑޫ ސިޓީ” ގައި ހިމެނޭނީ އައްޑުއަތޮޅު “ހިތަދޫ” އާއި، އައްޑުއަތޮޅު “މަރަދޫ” އާއި، އައްޑުއަތޮޅު “މަރަދޫފޭދޫ” އާއި، އައްޑުއަތޮޅު “ފޭދޫ” ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި “އައްޑޫ” ގެ އިހްތިސާސުގެ ބައެއްގެ ގޮތުގައި އޮތް “ހުޅުދޫ” އާއި “މީދޫ” އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައެޅާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން ވަނީ އިސްލާހުކޮށްފައެވެ.
މި އިސްލާހާއެކު، “އައްޑޫ ސިޓީ” އަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ކަނޑައެޅުމަށް ނިންމައި، “އައްޑޫ ސިޓީ” ހިންގުމަށްޓަކައި، “އައްޑޫ ސިޓީ ކައުންސިލް” ގެ ނަމުގައި ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ. މީގެ އިތުރުން، “އައްޑޫ މީދޫ” ހިންގުމަށްޓަކައި، އައްޑުއަތޮޅު / ސ. އައްޑޫ މީދޫ ކައުންސިލް އުފެއްދުމަށާއި، “އައްޑޫ ހުޅުދޫ” ހިންގުމަށް ޓަކައި، އައްޑުއަތޮޅު/ ސ. އައްޑޫ ހުޅުދޫ ކައުންސިލް އުފެއްދުމަށް ވަނީ ކަނޑައަޅުއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ