އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ބާރު ކަމަށްވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 17 އަހަރު ފުރުމުގެ މުނާސަބަތުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހެނދުނު ބޭއްވި މި ހަރަކާތުގައި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި މިފަހުން ކޯޓަށް އައްޔަންކުރި ފަނޑިޔާރު އަބްދުالله ހަމީދު ބައިވެރިވެވަޑައިގަތެވެ.
ފެހި ގާނޫނުއަސާސީ ތަސްދީގު ކުރުމާއެކު ސުޕްރީމް ކޯޓު ވުޖޫދަށް އައީ މީގެ 17 އަހަރު ކުރިން މި ދުވަހު އެވެ. ފާއިތުވި އަހަރުތަކުގައި ސުޕްރީމް ކޯޓުގެ ބެންޗަށް ބޮޑެތި ބަދަލުތަކެއް އައިއިރު ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ސުޕްރީމް ކޯޓުގެ ބެންޗަށް އެންމެ ބޮޑެތި ބަދަލުތައް ގެނައި ސަރުކާރެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރެވޭނެ މާއްދާއެއް ގާނޫނުއަސާސީއަށް އިތުރު ކުރި މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
މެއި 14، ގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކި ކުރީ އެ ދެ ބޭފުޅުންގެ ތަހުގީގު ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރިއަށް ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް އަންގާފައި އޮއްވަ އެވެ.
އެ ދެ ފަނޑިޔާރުންގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީ އިން ބަލަން ފެށި އެވެ. އެކަމަކު، ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކާ ކަމަށް ވިދާޅުވެ ސުއޫދު އިސްތިއުފާ ދެއްވީ އެވެ. އެއަށްފަހު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން ރިޓަޔާ ކުރެއްވި އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރުން ތިއްބަވަ އެވެ. އޭގެ ތެރެއިން ހަތަރުު ފަނޑިޔާރުން އައްޔަނު ކުރެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
ސުޕްރީމް ކޯޓަށް 17 އަހަރު ފުރިގެން ގަސް އިންދައިފި ސުޕްރީމް ކޯޓަށް 17 އަހަރު ފުރިގެން ގަސް އިންދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ