ދައުލަތުގެ އާމްދަނީއަށް ފައިދާގެ ގޮތުގައި 100 މިލިއަން ވޭތުވެދިޔަ 2 އަހަރު ނުލިބެއެވެ. އެހެން ނަމަވެސް ދޮގުވެރިއެއްކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރާ މުއިއްޒުގެ ލަޝްކަރުގެ ބޮޑުކަން ދައްކަން ކުރި މަސައްކަތަށް 80 ވަރަކަށް މިލިއަން ދައުލަތުގެ ކުންފުނި ތަކާއި ޕްރޮޖެކްޓު ތަކުން ހޭދަކޮށްފައިވާ ކަމަށް ޕީއެންސީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބަޔަކާއި ހަވާލާދީ މަޢުލޫމާތު ލިބެއެވެ.
“އަހަރުމެން މި ގެންނަނީ ރާއްޖޭގެ އަތޮޅުތައް އެއްކޮން، ރައީސަށް ތާއީދުކުރާ އަތޮޅުތެރޭގައި ތިބި އެންމެން މާލެ އަންނާނެ”. އިތުރަށް އޭނާ ބުނީ “މާލޭގައި ތިބި ސަޕޯޓަރުންނާއި އެކު މަދުވެގެން 80 ވަރަކަށް ހާސް މި އެއްވުމުގައި ބައިވެރިވާނެ”ކަމަށެވެ. ކަންތައް ނިމުނުއިރު މި ލިބުނީ ކޮޅުކެއްސެކެވެ.
ފުރަމާލެ އަންނަން ބޭނުންވެ އަތްމަތި ތާށިކަމުން ޑޮކްޓަރަށް ދައްކާލަންވެސް ބޭނުންވެފައިވާ އެތަށް ބަޔަކަށް ހިލޭ މާލެ އާދެވޭ ގޮތް ވުމަކީ އެ ބޭފުޅުންނަށް ލިބުނު ނަސީބެކެވެ. އެކަން ވެއްޖެއެވެ. ބޯނަހެއްގެ ގޮތުގައި 1500ރ އާއި 5000ރ ލިބުމަކީ މުއިއަޒުގެ ހެޔޮކަން ފެނުނު ކަމެކެވެ.
އީސީގެ ބަލަދުވެރި ކަމުގައި އޮތް ސިޔާސީ ޕާޓީއެއްގެ އިސްނެގުމާއި ބެލުމުގެ ދަށުން 80 ވަރަކަށް މިލިއަން ހަރަދުކުރަން ފައިސާ ހޯދި ގޮތެއްވެސް ބަލާލަން ޖެހެއެވެ. އޭސީސީގެ ބަޖެޓު މަދުވެގެން ހުށަހެޅިފައިވާ މުއިއްޒުގެ މައްސަލަތައް ނުބެލުނަސް ދައުލަތުގެ އީދާރާތަކުން ގަނީމާކުރި ފައިސާތަކުގެ ތަފްސީލު ހޯދަން ޖެހެއެވެ.
ޖަމާއަތުގެ ބޮޑުކަން ދައްކާލުން: އިސްރާފާއި ފައިދާ 1
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ