ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން ވަކި ކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތް މާއްދާ ބަދަލު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ހުށަހެޅި ބިލުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މެންބަރެއްގެ ގޮނޑި ގެއްލޭނީ އޭނާ މަގާމުން ވަކި ކުރަން ނަގާ ރިފެރެންޑަމް ވޯޓެއްގައި ރައްޔިތުން އެގޮތަށް ނިންމައިފި ނަމަ ކަމަށެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އިތުރު ކުރަން ހިމަނާފައިވާ އަކުރުގައި ބުނެފައި ވަނީ ޕާޓީއިން ވަކި ކުރާ ހާލަތްތަކުގައި ހާލަތްތަކުގައި މެންބަރެއްގެ ގޮނޑި ގެއްލޭނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި އެކަމަށް ނަގާ ފެންނަ ނުފެންނަ ވޯޓަކަށް ފަހު ކަމަށެވެ.
އެ މެންބަރެއް ވަކި ކުރަން ފެންނަ ކަމަށް ވޯޓު ލިބިއްޖެ ނަމަ އެމީހަކު މަޖިލީހުން ވަކިވާނެ އެވެ. މެންބަރުކަމުން ވަކި ކުރަން ނުފެންނަ ކަމަށް ރައްޔިތުން ނިންމައިފި ނަމަ އަމިއްލަ މެންބަރެއްގެ ގޮތުގައި އޭނާ މަޖިލީހުގައި ދެމިހުންނާނެ އެވެ.
ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ މާއްދާ ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ މިދިޔަ އަހަރެވެ. އެ މާއްދާ ބާތިލް ކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް އޮތީ ހުށަހަޅައިފަ އެވެ.
އެ މައްސަލަ އެންމެ މަތީ ކޯޓުން ބަލަން ފެށުމުން، އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަރުކާރުން ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި ފަހުން ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރި އެވެ. ތިން ވަނަ ފަނޑިޔާރު ކުރީބައިގައި އިސްތިއުފާ ދެއްވީ އެވެ.
ސިޔާސީ ޕާޓީއަކުން ވަކި ކުރާ ހާލަތްތަކުގައި ރެފެރަންޑަމަކަށް ނުގޮސް ގޮނޑި ނުގެއްލޭ ގޮތަށް ހަދަނީ ސިޔާސީ ޕާޓީއަކުން ވަކި ކުރާ ހާލަތްތަކުގައި ރެފެރަންޑަމަކަށް ނުގޮސް ގޮނޑި ނުގެއްލޭ ގޮތަށް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ