ޑެބިޓު ކާޑުން ރާއްޖޭން ބޭރުގައި ފައިސާ ދެއްކޭ ލިމިޓު މަހަކު 3000 ޑޮލަރަށް ބޮޑުކޮށްފި
ރާއްޖެއިން ބޭރުގައި ޑެބިޓު ކާޑަށް ލިބޭ ޑޮލަރު ލިމިޓު މަހަކު 3،000 ޑޮލަރަށް ބޮޑުކޮށްފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފިއެވެ. ބީއެމްއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ބަދަލު ގެނައީ އެ ބޭންކުގެ 43ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކަމަށެވެ. https://x.com/bankofmaldives/status/1987770807721107594 ބޭންކުން ވަނީ ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް އިތުރުކޮށްފައެވެ. ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް މަހަކު 1,000 ޑޮލަރަށް މި ލިމިޓް އިތުރުކޮށްފައިވާއިރު، މި ބަދަލަށް އަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެން ކަމަށް ބޭންކުން ބުންޏެވެ. އަދި ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ޚަރަދުކުރެވޭ މިންވަރު ވެސް ވަނީ މަހަކު 3,000 ޑޮލަރަށް އިތުރުކޮށްފައި ކަމަށް ބީއެމްއެލްއިން މައުލޫމާތުދީފައިވެއެވެ. ކަސްޓަމަރުންނަށް އިތުރު އެއްވެސް އެޕްލިކޭޝަނަކާ ނުލައި މި އާ ލިމިޓްތައް ވަގުތުން ބޭނުންކުރަން ފެށޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. https://sun.mv/208044 ބީއެމްއެލްއިން ވަނީ ޖުލައިގައި ބޭންކުގެ ޑެބިޓް ކާޑު ލިމިޓަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން ކޮންމެ ޑެބިޓް ކާޑަކަށް ބޭންކު ރޭޓުން ދެމުން އައި ޑޮލަރު ލިމިޓް 250 ޑޮލަރުން 500 ޑޮލަރަށް ވަނީ ބޮޑު ކޮށްދީފައެވެ. އެއާއެކު، ނަގުދު ފައިސާގެ ގޮތުގައި 750 ޑޮލަރު ނެގޭ ގޮތަށް މިއަދާ ހަމައަށް ބީއެމްއެލް އިން ފަހިކޮށްދީފައިވެއެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ނަގުދު ފައިސާގެ ގޮތުގައި 1،200 ޑޮލަރު ނެގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ