އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައ،ި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު، މުހައްމަދު ޢައްސާން މައުމޫނެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއ،ި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީ އާއ،ި އައްޑޫ ސިޓީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުނ،ް 4338 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ކުރާނެއެވެ. އަދި މިއިން ކޮންމެ ފަންގިފިލައެއްގައި 2368 އަކަފޫޓު ހުންނާނެ ކަމަށް ވެއެވެ. މި މަޝްރޫއަކީ 6.50 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ހިތަދޫއަކީ އައްޑޫ ސިޓީގެ ވެރިކަން ކުރާ ރަށް ވެސް މެއެވެ. 17590 މީހުންގެ އާބާދީއެއް ދިރިއުޅޭ ހިތަދޫގައި ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމު ކުރެވުމާއެކު ގުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ދިމާވާ ކާރިސާ ތަކާ ގުޅިގެން އަވަސްކަމާއި ފަސޭހަކަމާއެކު އައްޑޫ ސިޓީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދ،ީ ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދިނުމަށް މަގު ފަހިވެގެންދާނެއެވެ.
މީގެ އިތުރުން ވެސް ހިތަދޫގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ގާއިމުރުމުގެެ މަޝްރޫއުގެ އަމަލީ މަސައްކަތާއި އައްޑޫސިޓީ ލިންކް ރޯޑާއި އައްޑޫ ސިޓީ ރޯޑް ޑިވެލޮޕްމަންޓު މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ފަށާފައެވެ. އަދި ހަމަ އެހެންމެ ފުލުހުންގެ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ އިތުރުން ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރާއި ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާ ވެސް މިރޭ އަޅާފައި ވެއެވެ.
ހިތަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ