މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އައްޑޫގެ ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މާލޭގެ ގެއެއް ބަލައި ފާސްކޮށް ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ ތިން މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން އެކަކު ޝަތުރުތަކަކާ އެކު ކޯޓުން ދޫކޮށްލި އިރު، ހައްޔަރުގައި ތިބީ މަރަދޫ، ނަރުގިސްމާގޭ، ޢަބްދުލްޣަނީ ޢަބްދުލްމަޖީދު، 56، އާއި ހަމަ އެ ގޭ އަޙްނަފް އަޝްރަފް، 27، އެވެ.
އެ ދެ މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައިވެ އެވެ.
ފުލުހުން ބުނީ އަންގާރަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާފަންނު ގެ އެއް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 304.73 ގުރާމްގެ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 41،500ރ. އަށްވުރެ ގިނަ ރުފިޔާ ވެސް ފެނިފައާ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ޑްރަގް އޮޕަރޭޝަނެއްގައި މަރަދޫ ބަޔަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ