މައުމޫން ވެސް މިއަދު އީދު ސަލާން ކުރައްވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް މިއަދު އީދު ސަލާން ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.
މައުމޫން ވިދާޅުވީ އީދު ސަލާން ކުރެއްވުމަށް ވަގުތުކޮޅެއް ހުސްކޮށްލެއްވުމަށް ގަސްތު ކުރައްވާ ކަމަށާއި، އީދު ސަލާން ކުރެއްވުން ކުރިއަށް ދާނީ މ. އެންދެރިމާގޭގައި މިއަދު ހެނދުނު 9:30 އިން 11 އަށް ކަމަށެވެ.
"‏އީދު ސަލާން ކޮށްލެއްވުމަށް އަޅުގަނޑާ ބައްދަލު ކޮށްލެވުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް މާދަމާ 2024 އޭޕްރިލް 10 ވަނަ ދުވަހު ވަގުތުކޮޅެއް ހުސްކޮށްލަން މާތްﷲގެ ވާގިފުޅާ އެކު އަޅުގަނޑު ގަސްދު ކުރަން. ހެނދުނު 9:30 އިން 11:00 އަށް މ. އެންދެރިމާގޭ ގައި،" މައުމޫން ވިދާޅުވި އެވެ.
މައުމޫން އީދު ސަލާން ކުރައްވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ޢީދު ސަލާން ކުރެއްވުން މިއަދު އޮންނާނެ އެވެ. ޢީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، މިއަދު ހެނދުނު 9:30 ން 10:30އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ