ނަޝީދު އާ ޒަވާޖީހަޔާތެއް ފައްޓަވައިފިކަމުގެ އަޑުތަކެއް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާ ޒަވާޖީ ހަޔާތެއް ފައްޓަވާފައިވާކަމަށް އަޑުތައް ފެތުރިއްޖެއެވެ.
ނަޝީދު އާ ކައިވެންޏެއް ކުރައްވާފައިވާކަމަށް މީސްމީޑިއާގެ އިތުރުން ބައެއް ނޫސްތަކުގައި ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ނަޝީދު ކައިވެނި ބައްލަވައިގަތީ ދީނީ އިލްމުވެރިޔާ ޝައިހު ރުޝްދީއަށް ކާފަ ވިދާޅުވާ ޔުމްނާ ރުޝްދީ ކިޔާ ބޭފުޅަކާއި ކަމަށް ވެސް ވަނީ އަޑު ފެތުރިފައެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމާއި، ރައީސްކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްގެ މަގާމު ފުރުއްވި ނަޝީދުގެ އާ ކައިވެނި ހަފުލާ އޮތީ އަވަށްޓެރި ސްރީލަންކާގައި ކަމަށް ވެސް ވަނީ އަޑުފެތުރިފައެވެ.
ނަޝީދު ކުރިން ކައިވެނި ބައްލަވައިގެންނެވީ މަޝްހޫރު ވިޔަފާރިވެރިޔާ ޢަބުދުﷲ ޢަލީ (އެލިޔާ ޢަބުދުﷲ)ގެ ދަރިކަނބަލުން ލައިލާ ޢަލީ އާއެވެ. އެ ކައިވެންޏަށް ދެ ދަރިކަނބަލުން ލިބިފައިވާއިރު، އެ ކައިވެނި ރޫޅުނުތާ މިހާރު ތިން އަހަރެއްހާ ދުވަސް ވެއްޖެކަމަށް އެނގިފަވެއެވެ.
12 ޑިސެމްބަރު 2023 ގައި ސިޔާސީ މަަސައްކަތާއި ފެޔަށް ޖެހިވަޑައިގެންފައިވާކަން ޢިއުލާންކުރައްވައިގެން ހުންނެވި ނަޝީދު މިހާރު ފުރުއްވަމުން ގެންދަވަނީ ބޭރުގެ ޖަމާއަތެއްކަމަށްވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ