އިސްރާއީލުން ފަލަސްތީނުގެ ދެ ޒުވާނަކު ޝަހީދު ކޮށްލައިފި

އިސްރާއީލުން ފަލަސްތީނުގެ ދެ ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ.
ފަލަސްތީނުގެ ހެލްތް މިނިސްޓްރީއާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި ޝަހީދު ކޮށްލާފައިވަނީ އުމުރުން 18 އަހަރުގެ އިސްމާއީލް އަލް-ފަސްފޮސްއާއި 30 އަހަރުގެ މޯތާޒް މަހުމޫދް އަބީޝްއެވެ. މިދެމީހުން ވެސް ޝަހީދުވެފައިވަނީ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުންނެވެ.
މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރި އިސްރާއީލުން އެ ދެ މީހުން ޝަހީދު ކޮށްލާފައިވަނީ ހިބްރޫންގެ ދެކުނުން އޮންނަ ޑޫރާ އަވަށުގައެވެ.
ނިރުބަވެރި އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި ދެމީހުންގެ އިތުރުން އިތުރު ދެ މީހަކަށް އެކިވަރުގެ ޒަހަމްތައް ވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 26،600 އަށްވުރެ ގިނަ މީހަކު ޝަހީދުވެފައިވާއިރު، 60،500 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ