ހަފުތާއަކަށް ފަހު ވައިކަރަދޫއަށް ކަރަންޓު ދީފި

ކަރަންޓުގެ މައްސަލައާ ގުޅިގެން އެ ރަށުގައި ހަމަނުޖެހުންތައް އުފެދި މުޒާހަރާއެއް ވެސް ކޮށްފައިވެ އެވެ.
އުތުރުގެ ހދ. ވައިކަރަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށް އެ ރަށަށް ކަރަންޓު ދީފި އެވެ. 
އެ ރަށުގެ ކަރަންޓާ ހަވާލުވެ އޮންނަ ފެނަކަ ކުންފުނިން މިއަދު ބުނީ ވައިކަރަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދަން ފެނަކައިން އެ ރަށަށް ގެންދިޔަ 250 ކިލޯވޮޓްގެ ޖަނަރޭޓަރު ބަހައްޓައި މުޅި އެ ރަށަށް މިހާރު ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.ވައިކަރަދޫއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން ބޮޑު ޖަނަރޭޓަރު ހަލާކުވެ އެ ރަށުގެ ކަރަންޓްގެ ހިދުމަތަށް ބުރޫއަރާފައި އޮންނަތާ ހަފުތާއެއްހާ ދުވަސް ވެފައި ވެއެވެ. ކަރަންޓުގެ މައްސަލައާ ގުޅިގެން އެ ރަށުގައި ހަމަނުޖެހުންތައް އުފެދި މުޒާހަރާއެއް ވެސް ކޮށްފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ