މުލީ ކަރަންޓު މައްސަލަ ހައްލުކުރުމަށް 600 ކިލޯ ވޯޓުގެ ގެ ޖަނަރޭޓަރެއް ގެންގޮސްފި

މ. އަތޮޅުގެ ވެރިރަށް، މުލީގައި ކަރަންޓު ދިނުމަށް ބެހެއްޓިފައި ހުރި 2 ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާއިރު މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ފެނަކައިން ބުނެފިއެެވެ.
ފެނަކަ އިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ މި މައްސަލަ ދިމާވި ވަގުތުން ފެށިގެން އެ ކުންފުނީގެ ޓީމުތަކުން މި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިވަގުތު، އިތުރު 600 ކިލޯ ވޯޓުގެ ގެ އައު ޖަނަރޭޓަރެއް ރަށަަށް ގެންދެވިފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ މި ޖަނަރޭޓަރު އިންސްޓޯލްކޮށްގެން ކަރަންޓު ދިނުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ. މުލީގައި ކަރަންޓު ދިޔައީ ރޭ ދަންވަރުއެވެ. ނަމަވެސް ދެ ދުވަސް ކުރިން ފެށިގެން މައްސަލަ ދިމާވާތީވެ، ކަރަންޓު ދެމުންދިޔައީ ބައެއް ވަގުތުތަކުއެވެ.
މުލީގައި ކަރަންޓު ކެނޑިފައި އޮތުމުގެ ސަބަބުން ރަށުގައި ހުރި ސަރުކާރު އޮފީސްތަކާއި ސްކޫލްގެ ކިޔެވުންވެސް ވަނީ ބަންދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ