ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ލޯޔަރު ނަސީރަށް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ގާނޫނީ ވަކީލު އަބްދުﷲ ނަސީރު މުހައްމަދަށް ދީފިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި، ކާށިދޫ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވީ މިހާރު ވެސް އެ ދާއިރާގެ މެމްބަރު މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރެވެ.
ނަމަވެސް އަޚްލާގީ މައްސަލައަކާ ގުޅިގެން ޖާބިރުގެ ޓިކެޓް އަތުލައި އޭނާ ވަނީ ޕާޓީން ވަކިކޮށްފައެވެ.
ގދ. ގައްދު އަށް ނިސްބަތްވާ ނަސީރަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމު ފުރުއްވި ބޭފުޅެކެވެ.
ޓިކެޓް އަތުލިޔަސް އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ