މިނިވަން ދުވަހުގެ މުނާސަބަތުގައި ޑޯނިޔާ އަލުން ބޭނުން ކުރަން މުއިއްޒު ފަށާފައި ވަނީ، އެއްވެސް އިރެއްގައި އިންޑިޔާގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރެއް ކޮށްފައި ނުވާކަން މުއިއްޒު ހިތުގެ އަޑިން ގަބޫލު ކުރާތީ

މިނިވަން ދުވަހުގެ މުނާސަބަތުގައި ޑޯނިޔާ އަލުން ބޭނުން ކުރަން މުއިއްޒު ފަށާފައި ވަނީ، އެއްވެސް އިރެއްގައި އިންޑިޔާގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމަށް އަސަރެއް ކޮށްފައި ނުވާކަން މުއިއްޒު ހިތުގެ އަޑިން ގަބޫލު ކުރައްވާތީއެވެ. ޑޯނިއާ މަތިންދާ ބޯޓުން ބަލި މީހުން އުފުލުން ހުއްޓާލާފައި އޮތުމަށް ފަހު، ރޭ އެ ބޯޓު ބޭނުންކުރަން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިނިވަން ދުވަހުގެ ޖަލްސާގައެވެ.
އެ މަނިކުފާނު ވިދާޅުވީ ބަލި މީހަކު ގޮވައިގެން ޑޯނިއާ މަތިންދާ ބޯޓު މިރޭ މާލެ އާއީ ހދ. ހަނިމާދޫއިން ކަމަށެވެ. އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް މުއިއްޒު ޝުކުރު ވެސް އަދާކުރެއްވި އެވެ.
އިންޑިޔާއާއި ދެކޮޅަށް، ޗައިނާ އަތުން ފައިސާ ނަގައިގެން ދޮގު ވާހަކަ ފެތުރުމުގައި އެންމެ އިސްކޮށް ހުރި، އަޒާން މެން ފަދަ މީހުން ބޭނުންވަނީ، އެއްވެސް ގޮތަކަށް ޑޯނިޔާ ނުދުއްވުމަށެވެ. މިއަހަރު ފެބްރުއަރީ މަހުގައިވެސް އަޒާން ވަނީ ދެން ރާއްޖޭގައި ޑޯނިއާ ނުދުއްވާނެ ކަމުގެ ޔަގީން ކަން ރައްޔިތުންނަށް ދީފައެވެ.
މުއިއްޒުވެސް ވަނީ، އިންޑިޔާއަށް ގޮންޖެއްސެއްވުމުގެ ގޮތުން މެޑިކަލް އެމްބިއުލާންސް ތައްޔާރުކޮށް، ބަލި މީހުން އުފުލާނީ އޭގައި ކަމަށް ބުނެފައެވެ. ނަމަވެސް މުއިއްޒު އުފެއްދި ފޭކް އެއަރ އެމްބިއުލާންސް ތަކަކީ މެޑިކަލީ ކޮލިފައިޑް ނޫން، އެމެޖެންސީ ޚިދުމަތަށް ތައްޔާރު ކޮށްފައިވާ ތަކެތި ނޫން ކަމުން، އެކަމަށް ރައްޔިތުންގެ ފާޑުކިޔުން އަމާޒު ވިއެވެ.
ގއ. ވިލިގިލިންނާއި، އައްޑޫއިން ކުޑަ ދެކުދިން ގެއްލި ނުފެނުމުން ވެސް، މުއިއްޒު ވަނީ އިހްމާލުވެ، ޑޯނިއާ ނުއުދުއްސައި އެކުދިން މަރަށް ދޫކޮށްލާފައެވެ. މި ހަރުކަށި ކަމުގައި ހުރި މުއިއްޒު މިނިވަން ދުވަހު، އިންޑިޔާގެ ޑޯނިޔާ ބޭނުންކުރަން ފެށީ، އެމަނިކުފާނު ބެލި ބެލުމުން، އިންޑިޔާގެ ފަރާތުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާނެއެއްވެސް ކަމެއް ކޮށްފައި ނުވާތީ ކަމާއި މެދު ޝައްކެއް ނެތެވެ. އެހެން ކަމުން އަމިއްލަ ފުޅަށް އެ އެއްބަސް ވެވުނީ، އަވަށްޓެރި ޤައުމަކާއި ގުޅޭ ގޮތުން އެތައް ދޮގެއް ހަދައި، ރާއްޖޭގެ ރައްޔިތުންނަށް އޭގެ ހިތި އަސަރު ފޯރުވައި މުޅި އިޤްތިޞާދަށް އޭގެ ހިޔަނި އަޅުވާފައި ވަނީ އެއްވެސް ހަޤީގަތެއް ނެތި ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ