ލަކުޑިން އެންމެ ކުޑަ ސަމުސާ ހަދައިގެން ދުނިޔޭގެ ރެކޯޑް ފޮތަށް

އިންޑިޔާގެ ބިހާރުގެ މީހަކު ވަނީ ލަކުޑިން އެންމެ ކުޑަ ސައިޒުގެ ސަމްސަލެއް ހަދައިގެން ދުނިޔޭގެ ރެކޯޑް ފޮތަށް އަރާފައެވެ. މި ސަމްސަލުގެ ސައިޒަކީ 1.6 މިލިމީޓަރު ނުވަތަ 0.06 އިންޗިއެވެ. ކުރިންވެސް މި ރިކޯޑް އޮންނަނީ އިންޑިޔާގެ ރައްޔިތެއްގެ އަތުގައެވެ. އޭނާ ހެދި ސަމްސަލަކީ 2 މިލިމީޓަރުގެ ސައިޒުގެ ސަމްސަލެކެވެ. އެ ރެކޯޑް މުގުރާލުމަށްފަހު، ބިހާރުގެ ސަޝީކާންތު ޕްރަޖާޕަތީ ކިޔާ މީހަކު މި ސަމްސާ ހަދާފައިވަނީ އެންމެ ލަކުޑިކޮޅެއް ބޭނުންކޮށްގެންނެވެ. ލަކުޑިން ސަމްސަލެއް ހެދުމަކީ މާ އުނދަގޫ ކަމަކަށް ނުވިނަމަވެސް، ދުނިޔޭގެ އެންމެ ކުޑަ ސަމްސާ ލަކުޑިން ހެދުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަމަށް ސަޝިކާންތު ބުނެފައިވެއެވެ. ދެ މިލިމީޓަރަށްވުރެ ކުޑަ ސަމްސަލެއް ހަދަން ވަރަށް އުނދަގޫވިކަމަށާއި، އެކަން ކާމިޔާބުކުރެވުނީ ވަރަށް ގިނަފަހަރު މަސައްކަތްކޮށްގެން ކަމަށް އޭނާ ހާމަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ