މުއިއްޒު ހުއްޓުމެއް ނެތް: މިއަދުވެސް ހަތް ރަށަށް ވަޑައިގެންފި

އެގޮތުން ބ. ފުޅަދޫއާ ފެހެންދޫއާ ގޮއިދޫއާ ހިތާދޫގެ އިތުރުން ދޮންފަނާއި ކިހަދޫ އަށް ވަނީ ވަޑައިގެންފައެވެ. އަދި މިއަދު އިރުއޮއްސުނު ވަގުތު ޅ އަތޮޅުގެ އޮޅުވެލިފުއްޓަށް ވަނީ ވަޑައިގެންފައެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބުގެ ދެވަަނަ ބުރުގެ ކެމްޕެއިނަށް މިއަދު ވެސް ހަތް ރަށަކަށް ވަޑައިގެންފި އެވެ.
މުއިއްޒު މިއަދު ވަޑައިގެންނެވީ ބ އަތޮޅު ހަ ރަށަކާއި ޅ އަތޮޅުގެ ރަށަކަށެވެ. އެގޮތުން ބ. ފުޅަދޫއާ ފެހެންދޫއާ ގޮއިދޫއާ ހިތާދޫގެ އިތުރުން ދޮންފަނާއި ކިހަދޫ އަށް ވަނީ ވަޑައިގެންފައެވެ.އަދި މިއަދު އިރުއޮއްސުނު ވަގުތު ޅ އަތޮޅުގެ އޮޅުވެލިފުއްޓަށް ވަނީ ވަޑައިގެންފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 101،000 ވުރެ ގިނަ ވޯޓް ހޯއްދެވި ޑރ. މުއިއްޒު ގެންދަވަނީ އަތޮޅުތެރޭގެ ގިނަ ރަށްތަކަށް މި ބުރުގައި ވެސް ވަޑައިގަންނަވަމުންނެވެ. އެ ގޮތުން ރ އަތޮޅުގެ ގިނަ ރަށްތަކަކަށް އިއްޔެ ވަނީ ވަޑައިގެންފައެވެ. އަދި ބ އަތޮޅުގެ ގިނަ ރަށްތަކަކަށް ވެސް ވަޑައިގެންނެވި އެވެ.އޭގެ ކުރީން ހއ އަތޮޅާއި ހދ އަދި ށ އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ވަޑައިގެންފައެވެ.
މުއިއްޒު ގެންދަނީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކޮށްދެއްވުމަށް ޕީޕީއެމް/ޕީއެންސީ ސަރުކާރެއްގައި ކޮށްދެއްވާނެ ކަންކަން ފާހަގަ ކުރައްވަމުންނެވެ. މިއަދު ވަޑައިގެންނެވި ރަށްރަށުގައި ވެސް އެ ރަށްރަށަށް ކޮށްދެއްވާނެ ކަންކަން ހިއްސާ ކުރެއްވި އެވެ.މުއިއްޒު ވަޑައިގަންނަވާ ކޮންމެ ރަށަކުން ގިނަ ބަޔަކު ނިކުމެ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ