ވެރިކަމަށް އަންނަނީ މަޝްރޫއުތައް ހުއްޓުވާކަށް ނޫން:ޑރ.މުއިއްޒު ރައީސް ސޯލިހް އަކީ ރައްޔިތުން ޓެސްޓްކޮށްފައިވާ ޕްރޮޑަކްޓެއް: ރޮޒައިނާ މިއަދު ވޯޓެއް ނެގިޔަސް، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނަން: ރައީސް ސޯލިހް މިއަދު ވޯޓު ނެގި ކަމުގައި ވިޔަސް އެއްބުރުން

ޝަރުއީ ދާއިރާއަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ވާނުވާ ނިޒާމް އުވާލައްވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތ. ތިމަރަފުއްޓަށް ވަޑައިގެން ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ ޕީއެންސީގެ ވެރިކަމެއްގައި ވާނުވާ ބަންދުގައި އެންމެ ގިނަވެގެން ބެހެއްޓޭނީ 48 ގަޑިއިރަށް ކަމަށެވެ. ވާނުވާ ނޭނގުމުގެ ތެރޭގައި އެތައް އަހަރެއް، އެތައް މަހެއް، އެތައް ދުވަހެއް ވުމަކީ އިންސާފެއް ނޫން ކަަން ފާހަގަކުރަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން މިފަދަ ކޮންމެ ކަމެއް ކުރިއަށްގެންދަނީ ވަރަށް ބޭއިންސާފުން ކަމަށެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ވާނުވާ ނޭނގުމުގެ ތެރޭގައި މީހުން ހައްޔަރުކޮށްގެން ނުގެންގުޅެވޭނެ ކަމަށާއި، މި ނިޒާމް އެއްކޮށް ހުއްޓާލާ ވާހަކައެކީ ޝަރުއީ ނިޒާމަށް ގެންނަ ބޮޑު ބަދަލުގެ ވާހަކަ ކަމަށެވެ،
މި ސަރުކާރުގެ އިހުމާލުގެ ސަބަބުން ތ. ތިމަރަފުއްޓަށް ވަރަށް ގިނަކަންކަން ނުފުދިވާކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ބަނދަރުގެ ހާލަތާއި، މަގުތަކުގެ ހާލަތު ފެނިވަޑައިގަންނަވާ ކަމަށެވެ. އެކަންކަމަކީ މިފަދަ ބޮޑު ރަށެއްގައި، މި ފަސް އަހަރު ނިމިގެންދާއިރު ނިމިފައި ހުންނަން ޖެހޭ ކަންކަން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އިތުރަށް މުއިއްޒު ވިދާޅުވީ އިދިކޮޅު ކޯލިޝަން ވާނީ ރައްޔިތުންނަށް ހެޔޮ އެދޭ ބަޔަކަށް ކަމަށާއި، އެހެން ބައެއްގެ ޕްރެޝަރަށް ނުވިސްނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ