ފުޑް ސެކިޔުރިޓީ ކަށަވަރު ކުރުމުގެ މަސައްކަތަށް އެއްބާރުލުންދީ، ރާއްޖޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން ކެއުމަށް އެކަށޭނަ މަޝްރޫމް ހައްދާ، ބެލެހެއްޓުމުގެ އެޑްވާންސް ސެޓްފިކެޓް ކޯސް ކުރިއަށް އޮތް އޮގަސްޓު އިންޓޭކުގައި ވެސް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ން ކުރިއަށް ގެންދަން ނިންމައި އެ ކޯހަށް ހުޅުވާލައިފި އެވެ.
މިއީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ގާއިމް ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުންދީ، ބިމުގެ ޖާގަ ކުޑަ ތަނެއްގައި ވެސް މަޝްރޫމް ހައްދައި އެ ބެލެހެއްޓުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް އެމްއެންޔޫގެ ޑިޕާޓްމެންޓު އޮފް އެންވަޔަރަމެންޓް އެންޑް ނެޗުރަލް ސައިންސް އިން ކުރިއަށް ގެންދާ ކޯހެކެވެ.
މި ޕްރޮގްރާމުގައި:
މަޝްރޫމް ހެއްދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކަމާ ގުޅުން ހުރި ސައިންޓިފިކް މައުލޫމާތުތައް ތިއަރީ ކްލާސްތަކުގައި ކިޔަވައިދޭނެ
ޕްރެކްޓިކަލް ބައިގައި ކިޔަވައިދޭނީ ކެއުމަށް އެންމެ އެކަށޭނަ މަޝްރޫމު ހައްދައި ބަލަހައްޓާނެ ގޮތްތައް
މީގެ އިތުރުން ވެލިއު ޗެއިން މެނޭޖުމެންޓާއި ގުޅުން ހުރި ބައިތަކާއި ރާއްޖޭގައި މިފަދަ ވިޔަފާރިއެއް ފައިދާ ކުރަނިވި ގޮތެއްގައި ކުރިއަށް ގެންދާނެ އުކުޅުތައް ވެސް މި ކޯހުގައި ދަސްކޮށްދޭނެ އެވެ.
އެމްއެންޔޫން ބުނީ، މި ކޯސް ފަރުމާކޮށްފައިވަނީ ޓެކްނިކަލް ޓްރެއިނިންގެ އިތުރުން އެންޓްރެޕްރެނިއަލް ބައިތައް ވެސް ހިމަނައިގެން ކަމަށްވާތީ މިއީ ކޯހުގެ ބައިވެރިންނަށް މަޝްރޫމް ހައްދައި އެ ތަކެތި ޕްރޮމޯޓުކޮށް، ވިޔަފާރި ކުރިއަށް ގެންދިޔުމުގެ އުކުޅުތައް ދަސްވާނެ ކޯހެއް ކަމަށެވެ.
ކޯހަށް ވަނުމުގެ ޝަރުތުތައް:
ޖީސީއީ އޯލެވެލް އިމްތިނާނު/އެސްއެސްސީ އިމްތިހާނުން 3 މާއްދާ އިން ސީ ފާސް ލިބިފައިވުން
ލެވެލް 3ގެ ސެޓްފިކެޓެއް އޮތުން
ނޫނީ 18 އަހަރު ފުރިފައިވުމާ އެކު އިނގިރޭސިބަހުން ރަނގަޅަށް މުއާމަލާތު ކުރަން އެނގުން
ދެ އަހަރު ދުވަހުގެ މި ކޯހަކީ މިއީ އެމްކިޔުއޭ ލެވެލް 4ގެ ކޯހެކެވެ.
އޮގަސްޓު އިންޓޭކުގައި މި ކޯސް ކުރިއަށްގެންދާނީ އެމްއެންޔޫގެ މާލޭ ކެމްޕަސް އަދި އައްޑޫ ހިތަދޫ ކެމްޕަހުގަ އެވެ. އޮގަސްޓު މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ 5 އޮގަސްޓެވެ.
މަޝްރޫމް ހެއްދުމުގެ އެޑްވާންސް ސެޓްފިކެޓް ކޯހެއް އެމްއެންޔޫގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ