ބިލާލް އްސަދުގެ ޢަޤީދާ ފުނޑުފުނޑުކޮށްލަން އިބިލީސް ފޮނުވި ހަރުފައިގެ ވާހަކަ- ޝިރުކާ ޢަޤީދާގެ ވަރުގަދަ ފިލާވަޅެއް!

މަރުވެފައިވާ ރަނގަޅު މީހުން މިހާރުވެސް މީހުންނަށް ކަންކަން ކޮސްދޭ ކަމަށާއި މަރުވެފައިވާ ނުބައި މީހުން މީހުންނަށް ގެއްލުންދޭ ވާހަކައަކީ ތެދެއްތަ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ! އިން ޝާ ﷲ
ސޫފީންގެ ތެރެއިންނާއި ޝިއީންގެ ތެރެއިން އައިސްފައިވާ ނުބައި ބައެއް އާދަތައް އަދިވެސް ސުންނީ މުސްލިމުންގެ ތެރޭގައިވެސް އެބަހުއްޓެވެ. އެކަންކަން ޤަބޫލުކުރާ ބައަކުވެސް އުޅެއެވެ. އެކަންކަން އިޞްލާޙްވަމުން އަންނާތީ އުފާވެސް ކުރަމެވެ.
އަހަރެން އުފަންވީ ލެބަނަންގެ ރަށެއްގައެވެ. އެރަށުގައި ވަރަށް ބޮޑު މަޤްބަރާއެއް ހުރެއެވެ. މީހުން ކަންކަމަށް އެދިގެން އެތަނަށްދެއެވެ. އެމީހުން ޤަބޫލުކުރަނީ އެތަނުގައި ވަޅުލެވިފައިވާ މީހާގެ ކަރާމާތުން އެމީހުންގެ ބޭނުންތައް ފުއްދައިދޭނެކަމަށެވެ. އަދި އެ ސަރަހައްދުގައި ހުންނަ ގަސްތަކާއި ގަސްތަކުން އޮފި ކެނޑުމަކީ އެމީހާ ރުޅި ގަދަވެ އެކަންކުރިމީހަކަށް ގެއްލުންދޭނެ ކަމެއް ކަމަށެވެ.
އެކަން އެހެން ނުވާނެކަމަށް އުމުރުން 14 އަހަރުގައިވެސް އަހަރެން ޔަޤީންކުރީމެވެ. އެހެންވެ އެތަނަށް ދިއަ ދުވަހަކު ބޭނުމެއް ޖެހިގެން ގަހަކުން އޮފިގަނޑެއް ކަނޑައިލުމުން މީހުންތައް ހީވީ މޮޔަވިހެންނެވެ.
އެރޭ އަހަރެން ނިދީ ވަރަށް ގިނައިން ޤުރްއާން ކިޔަވައިގެންނެވެ. އެއީ ނިދީގައި ޝައިޠޯނާ ހަމަލާދޭނެކަމަށް ޤަބޫލުކޮށްގެންނެވެ. ކުރިން މިބުނި ފަދަ ފަތުވާތައް މީހުންނަށް ޤަބޫލުކުރެވެނީ ޝައިޠޯނާގެ ސަބަބުންނެވެ. މިސާލަކަށް އެރޭ އަހަރެންނަށް ޝައިޠޯނާ ހަމަލާއެއްދީ، ބިރުވެރި ހުވަފެން ދެއްކުން ފަދަ ކަމެއް ކުރުމުން އަހަރެންނަށް ނިދީގައި އަޑުގަދަކުރެވުން ފަދަ ކަމެއް ކުރެވިއްޖެނަމަ މީސްތަކުންނަށް ހީވާނީ އެއީ އެމަހާނައިގައި ވަޅުލެވިފައިވާ މީހާދިން ޙަމަލާއެއް ކަމަށެވެ.
ޝައިޠޯނާ މިފަދަ ކަންކަންކަން ކުރަނީ މުސްލިމުންގެ ޢަޤީދާ ބަލިކަށިކުރުވުމަށެވެ. ކީރިތި ޤުރްއާނުގައިވާ ﷲ ތަޢާލާގެ ވަޙީބަސްފުޅުތަކާއިމެދު ޝައްކުއުފެއްދުވުމަށެވެ. ﷲ ތަޢާލާ ނޫން ފަރާތްތަކަށް ތަފާތު ބާރުތައް ލިބޭކަމާއި މަރުވުމަށްފަހުގައިވެސް ދުނިޔޭގައި އުޅޭބައަކުވާކަން އަނގައިދިނުމަށެވެ.
ކޮންމެއަކަސް ކުރިން ނުފެންނަ ޒާތުގެ ހުވަފެނެއް އެރޭ އަހަރެންނަށް ފެނުނެވެ. ފެނުނީ ކުޑަކުޑަ ހަރުފައެކެވެ. އަހަރެން އެހަރުފަ ހިފާފައި ބުނީމެވެ. ތިއަ އަންނަނީ މިއަދު އޮފިގަނޑެއް ކެނޑީތީ މަށަށް ޙަމަލާދޭންހެއްޔެވެ؟ އަހަރެންނަށް ބިރުދައްކައި ޝިރުކުރުކުރުވަންހެއްޔެވެ؟ އެހެން ބުނެފައި އަހަރެން އެ ހަރުފަ ޗިސްޗިސްކޮށްލީމެވެ.
އިރު އެރުމުން އެރޭ އަހަރެންނަށް އެއްވެސް ކަމެއް ދިމާވިތޯ ގިނަބައަކު ސުވާލުކުރިއެވެ. ބިރުގަންނަން ޖެހޭ އެއްވެސް ކަމެއް މެދުވެރިނުވާކަމަށް ބުނުމުން ބުނަނީ އަދި ފަހުން ދިމާވާނެކަމަށެވެ. މިބުނެވޭ ބަސްތަކަކީ ޝިރުކުކުރުމުގެ ބަސްތައްކަންވެސް އެމީހުންނަށް ނުއެނގެނީއެވެ.
މީސްތަކުންނޭވެ! މިކަންކަމަކީ މިއަދުވެސް ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެކެވެ. އަހަރެމެންގެ ޢަޤީދާ ވަރުގަދަކުރަން މިވަނީ ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހިފައެވެ.
--ބިލާލް އައްސަދުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ