'އާ ޓާމިނަލުން ފަތުރުވެރިންނަށް މަރުހަބާ ކިޔަން ފަސޭހަވާނެ'

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލާ އެކު ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގައި މިހާރު ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ ކަމަށް ބައެއް ރިސޯޓުތަކުގެ އިސްވެރިންނާ ހަވާލާދީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - މި މަހު 26ގައި އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރޭގައި ހިމެނޭ 'އޮރާޓް ޕްރޮސެސް'ގެ ތެރެއިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ ޓްރަޔަލްތައް މިހާރު ދަނީ ބާއްވަމުންނެވެ.
އެ ޓްރަޔަލްތަކުގައި އެއާލައިންތަކާއި އެއާޕޯޓް ރެޕްރެޒެންޓޭޓިވްސް އަދި ޓްރެވަލް އެޖެންޓުން ވެސް ވަނީ ބައިވެރިވެފަ އެވެ.
ތަފްސީލު - އެ ޓްރަޔަލްތަކާ ބެހޭގޮތުން އެމްއޭސީއެލްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އާ ޓާމިނަލްގެ ގެސްޓް އެކްސްޕީރިއެންސް ހިދުމަތްތަކާ މެދު ރިސޯޓުތަކުގެ ރެޕުން ހިތްހަމަޖެހޭ ކަމަށެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ލަގްޒަރީ ރިސޯޓް
ހިންގާ އެއް ކުންފުނި, ސޮނެވާއިން ރާއްޖޭގައި ހިންގާ ތިން ރިސޯޓުގެ އެއާޕޯޓް
މެނޭޖަރު އަލީ ނަސީރު ވިދާޅުވީ ފަތުރުވެރިން ރާއްޖެ އައުމަށްފަހު އެއާޕޯޓުން
ނުކުތުމަށް މިހާރު ވަރަށް ގިނަ ވަގުތު ހޭދަވާ ކަމަށެވެ. އަދި ފަތުރުވެރިންނަށް
މަރުހަބާ ކިއުމަށް ވެސް ވަރަށް ގިނަ ވަގުތު ރެޕުން ތިބެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަސީރު ވިދާޅުވީ އާ ޓާމިނަލް ބޮޑުވުމުންނާއި
ވަސީލަތްތައް އިތުރުކޮށްފައިވާތީ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް މިހާރު ހުރި
ގޮންޖެހުންތައް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިން އެއާޕޯޓުން
ނުކުތުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑުތަނުން ކުޑަވެ, ފަސޭހަތަކެއް ލިބިގެންދާނެ
ކަމަށް އޭނާ ވިދާޅުވި އެވެ.
ވަން އެންޑް އޮންލީ ރީތި ރަށް
ރިސޯޓުގެ މެނޭޖަރު ލަރީސާ ވިދާޅުވީ އާ ޓާމިނަލާ އެކު ފަތުރުވެރިން ބަލައިގަންނަ، އެ މީހުންނަށް ހާއްސަ
ތަޖުރިބާތަކެއް ލިބޭނެ ކަމަށެވެ.
ޖުމެއިރާ މޯލްޑިވްސްގެ އެއާޕޯޓްސް ސާވިސް މެނޭޖަރު
ނޫހް އަބްދުލްހާރިސް ވެސް ވިދާޅުވީ އާ ޓާމިނަލް އާއެކު ފަތުރުވެރިންނަށް ހިދުމަތް
ދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ޓާމިނަލްގެ ޖާގަ ވަރަށް
ރަނގަޅަށް ބޭނުންކޮށްފައި ހުރިކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި
އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެން
350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ): ފުރަތަމަ ލަފާކުރި އަދަދު
457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ): މިހާރު އަރާނެ ކަމަށް ލަފާކުރެވޭ އަދަދު
7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް
40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު
ފްލައިޓަށް އަރާފައިބަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ