ޔުމްނުގެ މައްސަލަ: ރިޕޯޓުގައި އައިޖީއެމްއެޗުން ފާހަގަވި ކަންކަން ރަނގަޅު ކުރުމަށް ލަފާދީފި

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ބަލަން އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގީ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒުކުރަން ކަމާބެހޭ އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.އެގޮތުން ރިޕޯޓްގައި ރިޕޯޓުގައި އައިޖީއެމްއެޗްގެ މައްސަލަތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަން ރަނގަޅު ކުރުމަށް ވެސް ރައީސް މިއަދު ވަނީ އަންގަވާފަ އެވެ. އެގޮތުން: ޔުމްނުއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޓަކައި އައިޖީއެމްއެޗްގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)އިން، އައިޖީއެމްއެޗްގެ އެފްޕީޔޫއަށް އެންގުމަށްފަހު، އެފްޕީޔޫގެ މުވައްޒަފު އެޓެންޑުނުވުމުން އެކަން ނުކޮށް ދޫކޮށްލައިފައިވުންރިޔާސީ ކޮމިޝަންގެ މި ރިޕޯޓްގައި ދިވެހި ފުލުހުންގެ ހިދުމަތާއި އައިޖީއެމްއެޗްއާ ގުޅޭ ގޮތުން ފާހަގަކުރައްވާފައިވާ މިކަންކަން ކުރިޔަށްއޮތްތަނުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އިދާރާތަކުގެ އެސްއޯޕީތައް ރިވައިސްކޮށް، މުވައްޒަފުން އަހުލުވެރިކޮށް، ތަމްރީނު ދިނުމަށް ރިޔާސީ ކޮމިޝަނުން ވަނީ ލަފާދެއްވާފަ އެވެ.އެހެންކަމުން މި ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާމެދުގައި އިސްލާހީ ފިޔަވަޅު އެޅުމަށް ރިޔާސީ ކޮމިޝަނުން ދީފައިވާ ލަފަޔާއި އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް ވަނީ އަންގަވައިފަ އެވެ.އިތުރަށް ކިޔާލަން: ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒުކުރެއްވުމަށް ހޯމް މިނިސްޓަރަށް އަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ