އިންޑިއާ ކްރިކެޓް ކޯޗު ގޯތަމް އާއި ދަނޑު ބަލަހައްޓާ މީހެއްގެ ކޯޅުމެއްގެ މައްސަލަ އިންޑިއާ ކްރިކެޓް ކޯޗު ގޯތަމް އާއި ދަނޑު ބަލަހައްޓާ މީހެއްގެ ކޯޅުމެއްގެ މައްސަލަ

ލަންޑަން (ޖުލައި 30) - އިންޑިއާ އާއި އިންގްލެންޑްގެ މެދުގައި ކުޅެވޭ ފަސް ޓެސްޓް މެޗުގެ ތެރެއިން ފަހު މެޗު ފެށުމުގެ ކުރިން، އިންޑިއާގެ ކްރިކެޓް ކޯޗު ގޯތަމް ގަމްބީރު އާއި ދި އޯވަލް ކްރިކެޓް ދަނޑު ބަލަހައްޓާ އިސް ފަރާތެއް ކަމަށްވާ ލީ ފޯޓިސް މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.
އިންޑިއާ އާއި އިންގްލެންޑްގެ މެދުގައި ކުޅޭ ފަސް ޓެސްޓް މެޗުގެ ތެރެއިން އިންގްލެންޑުން ދެ މެޗުން މޮޅުވެފައިވާއިރު، އިންޑިއާ އިން އެއް މެޗު ކާމިޔާބުކުރި އެވެ. އަދި، އެންމެ ފަހުން، މެންޗެސްޓާގައި ކުޅުނު ހަތަރު ވަނަ ޓެސްޓް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެހެންކަމުން، މާދަމާ ފަށާ ޓެސްޓްގެ ފަހު މެޗުން މޮޅުވެ، އިންޑިއާ އިން ކާމިޔާބުކަމާ އެކު، ސީރީސް ނިންމާލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
އުންމީދުކުރެވޭ ވަރުގެ ކުޅުމެއް އިންޑިއާގެ ފަރާތުން ނުފެންނާތީވެ، އެ ޓީމުގެ ކޯޗު ގޯތަމް އަށް ޕްރެޝަރު އޮތީ ކުރިމަތިވެފަ އެެވެ. އޯވަލް ކްރިކެޓް ދަނޑުގައި، އިންޑިއާގެ ޓްރެއިނިންގެ ތެރެއިން ގޯތަމް އާއި ފޯޓިސްގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރީ ވެސް ޕްރެޝަރު ބޮޑުވުމުން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އިންޑިއާގެ ބެޓިން ކޯޗު، ސިތާންޝޫ ކޮޓަކް ބުނީ، މައްސަލަ ކުރިމަތިވީ، އިންޑިއާ އިން ޓްރެއިނިން އަށް ގޮސް ދަނޑުގެ ވިކެޓް ބަލައިލުމަށް ދިޔަ ވަގުތު، ފޯޓިސް އަމުރެއް ކުރުމުން ކަމަށެވެ.
އެ ގޮތުން، ފޯޓިސް ބުނެފައިވަނީ، ވިކެޓާ ދެ މީޓަރާއި ބައި ދުރުމިނެއްގައި ހުރުމަށް ކަމަށާއި، ގޯތަމް ހިތްހަމަނުޖެހިގެން ވާހަކަ ދައްކައި، ރައްދުދޭން ނިންމީ ތަކުރާރުކޮށް ފޯޓިސް އަމުރު ކުރަމުން ދިއުމުން ކަމަށް ސިތާންްޝޫ ވަނީ ބުނެފަ އެވެ.
ފޯޓިސް އަށް ގޯތަމް ރައްދުދޭ ވީޑިއޯ ވައިރަލްވެފައިވާއިރު، އެ ވީޑިއޯ އިން އިވޭ އަޑުތަކަށް ބަލާއިރު، ގޯތަމް ރައްދުގައި ބުނެފައިވަނީ، އޭނާ ކުރަން ޖެހޭ ކަމެއް ފޯޓިސް އަށް ކިޔައިނުދެވޭނެ ކަމަށެވެ.
ސިތާންޝޫ ވެސް ބުނެފައިވަނީ، ފޯޓިސްގެ ފަރާތުން ފެނުނު އަމުރުކުރުމުގެ އެ ކަމަކީ، ކްރިކެޓް ހަޔާތުގައި ވެސް އަދި ކުރިމަތިނުވާ ފަދަ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ