ދިވެހި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަންސަލް ސާވިސް ގުޅިގެން ރާއްޖޭގެ ޖަލުތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގައިފި އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މިދިޔަ މަހުގެ 22، އިން އިއްޔެގެ ނިޔަލަށް ކަމަށެވެ. އެ އޮޕަރޭޝަނުގެ ދަށުން މާލެ، ހުޅުމާލެ، މާފުށި އަދި ހިންމަފުށި ޖަލު ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
MU STORE
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
Zetta Enterprises Pvt Ltd
MGH Group of Companies
އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ. އެހެންނަމަވެސް، އެ އޮޕަރޭޝަނުގައި އެއްވެސް ކަމެއް ހާސިލުވިކަމެއް އެ މުއައްސަސާއިން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ފުލުހުންގެ އެސްއޯ ސްވަޓް ޓީމާއި ކޭނައިން ޔުނިޓުގެ އިތުރުން މާލޭ ޕޮލިސް، ހުޅުމާލެ ޕޮލިސް، ޑްރަގް އެންފޯސްމެންޓް އަދި މެރިން ޕޮލިސްގެ ފުލުހުން އަމަލީގޮތުން ބައިވެރިވި ކަމަށެވެ.
އޭގެ އިތުރުން، ފުލުހުންގެ ޕްރޮއެކްޓިވް ސެކިއުރިޓީ އާއި މީޑިއާ، އިންޓެލިޖެންސް، ފޮރެންސިކްސް، މޭޖާ ކްރައިމް އިންވެސްޓިގޭޝަން އަދި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން އެ އޮޕަރޭޝަންގައި މުހިންމު ދައުރެއް އަދާކުރި ކަމަށް ފުލުހުން ބުންޏެވެ.
މިއީ، މިހައިތަނަށް ހިންގި މިފަދަ އެންމެ ބިޔަ ބޮޑު އޮޕަރޭޝަން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކަރެކްޝަންސް އާއި ފުލުހުން ގުޅިގެން ޖަލުތައް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ