އުމްރާ ދަތުރުތައް ފުރަތަމަ ފަހަރަށް އައްޑޫން ސައުދީއަށް
މޯލްޑިވިއަނުން ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ ގަމުން އުމްރާގެ އަޅުކަމަށް ސައުދިއަރަބިއްޔާއަށް ދަތުރު ފަށައިފި އެވެ.ގަން އިންޓަނޭޝަނަލް އެއާޕޯޓުން، މޯލްޑިވިއަންގެ އޭ 330 ބޯޓު ފުރިއިރު، އެ ދަތުރުގައި 260 މީހުން ބައިވެރިވި އެވެ."އައްޑޫ-މައްކާ"ނަމުގައި މި ރޫޓު ފަށާފައިވަނީ މޯލްޑިވިއަނާއި އައްޑޫއަށް ނިސްބަތްވާ އުމްރާ ގްރޫޕެއް ކަމަށްވާ "ދަތުުރުވެރިޔާ" އާއި ގުޅިގެންނެވެ.މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިގެ މަގުން މާލެ ފިޔަވައި އެހެން ސަރަހައްދަކުން އުމްރާގެ އަޅުކަމަށް ސީދާ ސައޫދީ އަރަބިއްޔާގެ ޖިއްދާ އަށް ދިވެހިން ކުރާ ފުރަތަމަ ދަތުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ